މަޖިލިސް އިންތިޚާބު ރޯދައިގެ ފަހުން ބާއްވަން ގާނުނަށް ބަދަލު ގެނައުމަށް ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީ

މަޖިލިސް އިންތިޚާބު ރޯދައިގެ ފަހުން ބާއްވަން ގާނުނަށް ބަދަލު ގެނައުމަށް ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީ

Author
ހުސެއިން
24 ޖެނުއަރީ 2024 04:34
0

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ރޯދަމަހުގެ ފަހުން ބޭއްވުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލިހުހެ ދައުރުން ބޭރު ޖަލްސާއެއް ބާއްވަން އެމްޑީޕީއާއި ޑިމޮކްރެޓްސް ޕާޓީން ނިންމަފިއެވެ.

މިކަން ހާމަކޮށްފައިވަނީ، އެމްޑީޕީއާއި ޑިމޮކްރެޓްސް ޕަޓީ ގުޅިގެން މިހާރު ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލު ވުމުގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ ދެ ޕާޓީން އެއްބަސްވެގެން، މަޖިލިހުގެ މެމްބަރުންގެ އަދަދު އިތުރު ނުވާގޮތަށް ހެދުމަށާއި އަދި ސިޔާސީ މަގާމްތަކުގެ އަދަދު ގާނޫނު އަސާސީން ކަނޑައެޅުމަށް، ގާނޫނު  އަސާސީއަށް ބަދަލު ގެނައުމަށްވެސް އެއްބަސް ވެފައިވާ ކަމަށެވެ.

މީގެއިތުރުން ވަޒީރުންނަށް ރުހުން ދިނުމަށާއި މަޖިލިސް އިންތިހާބު ރޯދައިގެ ފަހަށް ބަދަލުކުރުމަށް މަޝްވަރާކުރުމަށްފަހު ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މިއަދު މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށްވެސް ހަސަން ވަނީ ވިދާޅުވެފައެވެ.

"ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް އިއްޔެ ވާނީ އަޅުގަނޑުމެން ދެޕާޓީން މަޝްވަރާ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ. ފެބްރުއަރީ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ކުރިން ޖަލްސާ ބޭއްވޭނެ.

ހަސަން ލަތީފް ވިދާޅުވިއެވެ.

އަދި އިންތިހާބާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް އެ ޖަލްސާގެ އެޖެންޑާގައި ހިމެނުމަށް އެދި ހުށަހަޅާފައިވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"ވީހާވެސް އަވަހަށް އެ މަސައްކަތްކޮށް ރައްޔިތުން އެ ތަކްލީފުން ނުޖެހޭނެ ގޮތަކަށް ރައްޔިތުންގެ މަޖިލިސް އިންތިހާބު ކުރިޔަށް ގެންދިޔުމަށް ދެޕާޓީވެގެން މަޝްވަރާކުރުމަށްފަހު މަސައްކަތް ކުރާނަން.

ހަސަން ލަތީފް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.