އެމްޑީޕީއާއި ޑިމޮކްރެޓްސްއިން އެއްގަލަކަށް އަރާ، ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް އެއްބަސް ވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ، އެމއޑީޕީއާއި ޑިމޮކްރެޓްސް ޕަޓީ ގުޅިގެން މިހާރު ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލު ވުމުގައެވެ.
އޭގެ އިތުރުން، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ރޯދަމަހުގެ ފަހުން ބޭއްވުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލިހުހެ ދައުރުން ބޭރު ޖަލްސާއެއް ބާއްވަންވެސް އެމްޑީޕީއާއި ޑިމޮކްރެޓްސް ޕާޓީންވަނީ އެއްބަސް ވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެޅިފައި އޮތް ގޮތަށް ކަނޑައަޅަމުން ގެންދިޔައީމަ އެ އަދަދު އަޅުގަނޑުމެންގެ އެއްވެސް މީހަކު ބޭނުން ނުވާ ދަރަޖައަށް އިތުރުވަމުން އިތުރުވަމުންދާ އުސޫލެއް މިހާރު ގާނޫނުއަސާސީގައި ކަނޑައެޅިފައި މިއޮތީ. އެހެންވީމާ އެ އަދަދަކީ ތަޅުލެވިފައި އޮންނަ އަދަދެއްގެ ގޮތުގައި ގާނޫނުއަސާސީން ކަނޑައެޅުމަކީ މިވަގުތު މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ދެޕާޓީންވެސް ފެންނާތީ އެއީ އަޅުގަނޑުމެން މަޝްވަރާކޮށްފައިވާނޭ ކަމެއް.'
ހަސަން ލަތީފް ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ދެޕާޓީގެ އިސްވެރިންވެސް ވިދާޅުވީ ދެޕާޓީން އެއްބަސްވަނީ ހަމައެކަނި މަޖިހުގެ ތެރޭއިން މަސައްކަތް ކުރުމަށް ކަމަށާއި، އެއިންބޭރުން މަސައްކަތް ކުރުމަށް މިހާތަނަށް މަޝްވަރާ ކުރެވިފައި ނުވާކަމުގައެވެ.
އެގޮތުން ޑިމޮކްރެޓްސް ޕާޓީގެ ރައީސް ހަސަން ލަތީފް ވިދާޅުވީ، ދެ ޕާޓީން އެއްބަސްވެގެން ގާނޫނުތަކަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި، ދައުލަތުގެ ކުންފުނިތައް ރެގިއުލޭޓް ކުރެވޭ ގޮތް އިސްލާހުކުރުންވެސް ހިމެނޭ ކަމުގައެވެ.
ކޮމެންޓު ފޮނުވާ