މިއަހަރުގެ މިހާތަނަށް އެއްވެސް ތަނަކަށް ފުރައިގެން ދިއުމުގެ ވިސްނުމެއްވެސް ނުގެން ގުޅުއްވާކަމަށާއި، އަދި ފުރައިގެން ތަނަކަށް ދިއުމަށް އެއާޕޯޓާއި ހަމައަށްވެސް ގޮސްފައި ނުވާނެކަމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި ނިހާނަށް ފުރައިގެން ނުދެވޭ ގޮތަށް ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް ފުލުުން ހާމަކޮށް، ބައެއް މީީޑިޔާތަކުން ޚަބަރު ގެނެސްދިން ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި ނިހާން ވިދާޅުވީ އޭނާ މިއަހަރުގެ މިހާތަނަށް ރާއްޖެއިން ބޭރުގެ އެއްވެސް ޤައުމަކަށް ފުރައިގެން ދިއުމުގެ ވިސްނުންވެސް ނުގެން ގުޅުއްވާކަމަށެވެ. އަދި އެއްވެސް އެއާލައިނަކުން ރާއްޖެއިން ބޭރަށް ދާން ރިޒަވޭޝަނެއްވެސް ހަދާފައި ނުވާނެކަމަށެވެ. ނިހާން ވިދާޅުވީ މިކަމަކީ ފްރޭމްކޮށް އަގުވައްޓާން ކޮށްފައިވާ ވަރަށް ދަށު ދަރަޖައިގެ ކަމެއްކަމަށެވެ.
އަޅުގަނޑުގެ ޕާސްޕޯޓް ހިފެހެއްޓީ ފުރަން އެއަރޕޯޓަށް ގޮސް ހުއްޓާކަމަށް ބައެއް ނޫސްތަކުގައި ލިޔަމުންދަނީ އެއްވެސް ހަޤީޤަތެއް ނެތިއެވެ. އަޅުގަނޑުގެ ދަރިފުޅުގެ ޓިކެޓެއް ޑޭޓް އެކްސްޓެންޑް ކުރަން އިއްޔެ މެންދުރު ޤަތަރު އެއަރލައިން އޮފީހަށް ދިޔުމުން އަޅުގަނޑު ފިލަން އުޅުނުކަމަށް މިވީ!
– ނިހާން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ އިންޓެލިޖެންސް އިން ތިޔަ ހޯއްދެވި އިންޓެލިޖެންސް އަކީ މިހާތަނަށް ދުނިޔޭގައި ހޯދުނު އެންމެ ތެދުވެރި އިންޓެލިޖެންސް ރިޕޯޓް. މާތްކަލާކޯ
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 30 މީހެއްގެ މައްޗަށް ކުރާ ތުހުމަތުތައް އިސްކަންދީގެން ބަލަމުން އަންނަ އިރު އޭގެ ތެރޭގައި ނިިހާން ވެސް ހިމެނެ އެވެ. އޭނާގެ މައްޗަށް ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރުމުގައި ފައިސާއިން ރިޝްވަތު ހިފުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.
އެމްއެމްޕީއާރުސީގެ ތަހުގީގަށް ނިހާންއާއި ނިހާންގެ އާއިލާގެ ބޭފުޅުންވެސް ވަނީ އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެސީސީން ވަނީ މިހާރު ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީއަށް މިމައްސަލަ ފޮނުވަން ތައްޔާރު ވެފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ