މީގެ އަހަރުތަކެއް ކުރިން ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބު، އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް އަލުން ފެށުމަށް ނިންމައިފިއެވެ. މި މުބާރާތް އަލުން ފަށާއިރު މުބާރާތް ފެށުމަށް ހަމަ ޖެހިފައިވަނީ “އެން.ސީ.އޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2024”ގެ ނަމުގައެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން މިހާރުވަނީ ހުޅުވާލައިފިއެވެ.
މީގެ އިތުރުން ރާއްޖޭގެ ޤާނޫނާއި ޤަވާއިދާއި ރާއްޖޭގެ ތާރީޚާއި އާދަކާދަ އާއި، ޚިލާފުނުވާ މުޖްތަމަޢުގައި ހިމެނޭ ދޭދޭ އަފްރާދުންގެ މެދުގައި މަސްލަހަތު ނުގެއްލޭފަދަ ތީމްއަކަށް ވާން ޖެހޭ ކަމަށް ވެސް އެންސީއޭއިން ބުނެފައި ވެއެވެ. މި މުބާރާތަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.
“އެން.ސީ.އޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް” 05 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބޭއްވުމަށް އުސޫލް އާއްމުކޮށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ވަނީ ހުޅުވާލާފައެވެ.
އެގޮތުން މިމުބާރާތުގެ ބައިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ފޯމް ހުށަހެޅުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން އެދުފައި ވެއެވެ.. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެސެންޓަރުން ލިބޭއިރު ވެބްސައިޓް އިން ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.
އެންސީއޭއިން ބުނީ، މި މުބާރާތުގެ ވަނަތައް ހޮވުމުގައި ބަލާނީ ހުރިހާ ފަނޑިޔާރުން ދޭ މާރކްސްގެ އެވްރެޖުން އެންމެމަތީ މާކްސް ހޯދާ ފަރާތަކަށް ކަމަށެވެ. މީގެ އިތުރުން “ވިއުވަރސް ޗޮއިސް” މިއެވޯޑް ލިބޭނީ އެސް.އެމް.އެސް އަށް ހުޅުވަލައިގެން އެންމެ ގިނަ އެސް.އެމްއެސް ލިބޭ ފަރާތަކަށް ކަމަށް އެންސީއޭއިން ބުނެއެވެ.
އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ ޑްރާމާތައް ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގައި ވެސް ރަމަޟާން މަހުގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ