ސައީދުގެ ރައްދު: “ކުރީގެ ވެރިން” ފުރަތަމަ 2 މަސްދުވަހު އާމްދަނީ އިތުރުކުރުމަށް ކުރެއްވި އީޖާދީ މަސައްކަތަކީކޮބާ؟

ސައީދުގެ ރައްދު: “ކުރީގެ ވެރިން” ފުރަތަމަ 2 މަސްދުވަހު އާމްދަނީ އިތުރުކުރުމަށް ކުރެއްވި އީޖާދީ މަސައްކަތަކީކޮބާ؟

ކުރީގެ ވެރިން ވެރިކަމާއި ހަވާލުވެ ފުރަތަމަ ދެމަސް ދުވަހު އާމްދަނީ އިތުރު ކުރެއްވި މަސައްކަތަކީ ކޮބައިތޯ ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރ ސައީދު ކުރީގެ ރައީސް ޔާމިނަށް ރައްދު ދީފިއެވެ.

ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިގޮތަށްސުވާލު ކުރައްވާފައި މިވަނީ ރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ރައީސް ޔާމީން ދައުލަތުގެ ޙަރަދު ބޮޑުވަމުން ދިއުމާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައިވަނިކޮށެވެ.

ތައީސް ޔާމިންވަނީ، ދައުލަތުގެ ދަރަނި އިންތިހާއަށް މަތިވެފައިވާއިރު، އާމްދަނީ އިތުރު ކުރުމަށް މަސައްކަތްތަކެއް ނުކޮށް ޚަރަދު ބޮޑުވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިގޮތަށް ދެމެެހެއްޓޭނެތޯ އެމަނިކުފާނު ސުވާލުއިފެއްފެވިއެވެ.

މިނިސްޓަރ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ، މީގެ ކުރިން ހަވާލުވިވެރީން އެބޭފުޅުންގެ ސަރުކާރުގެ ފުރަތަމަ ދެމަސް ދުވަހު ފުރަތަމަ ދެމަސް ދުވަހު އާމްދަނީ އިތުރު ކުރުމަށް ކުރެއްވި އީޖާދީ މަސައްކަތަކީ ކޮބާތޯ އައްސަވާފައެވެ.

އެމަނިކުފާނު ވަނީ މި ސަރުކާރުން ޤާނޫނު ތަޅުއަޅުވައި، ދައުލަތުގެ ހަރުމުދާ ވިއްކުމާއި، ފައިސާ ޗާޕުކޮށް މާލީ ޒިންމާއަށް ރެކުމަކީ ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ސައީދު ރައީސް ޔަމީންގެ ވާހަކަތަކަށް ރައްދުދެއްވާފައިވާއިރު، މިނިސްޓަރ ސައީދު ވަނީ ރައީސް ޔަމީންގެ ރިޔާސީ ދައުރުގައިވެސް އިޤްތިޞާދީ ވަޒީރުކަން ކުރައްވާފައެވެ.

މި ސަރުކާރުން ދަނީ ވެފައިވަ ވަޢުދުތައް ފުއްދުމަށް ބޮޑެތި މަޝްރޫޢުތައް ފަށައި، ސިޔާސަތުތަކަށް ބައެއް ބަދަލުތައް ގެންނަމުންނެވެ. ނަމަވެސް މިކަން ކުރަމުންދަނީ މާލީ ޒިންމާދާރު ކަމެއް ނެތި ކަމަށާއި ދަރަނިވެރިވެފައިވާ ދަނޑިވަޅެއްގައި އާމްދަނީ މަތި ކުރުމަށް މާ ބޮޑު ކަމެއް ނުކުރެވޭ ކަމަށް އިދިކޮޅު ފަރާތްތަކާއި ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *