އެގްރިމެންޓުތައް ހުރީ ޕްރިންޓުވެސް ކޮށްފަ، އޭސީސީން މައްސަލަ ނިމޭތާ 3 ދުވަސްތެރޭ ސޮއި ކުރެވޭނެ: އެފްޑީސީ

އެގްރިމެންޓުތައް ހުރީ ޕްރިންޓުވެސް ކޮށްފަ، އޭސީސީން މައްސަލަ ނިމޭތާ 3 ދުވަސްތެރޭ ސޮއި ކުރެވޭނެ: އެފްޑީސީ

Author
ހުސެއިން
23 ޖެނުއަރީ 2024 04:13
0

ނިމިދިޔަ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ކަނޑައެޅި 4000 ފްލެޓްގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަކި ގޮތެއް ނިންމާތާ ތިން ދުވަސް ތެރޭ ފްލެޓް އެގްރީމެންޓްގައި ސޮއި ކުރެވޭ ވަރުވާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަޜޭޝަން (އެފްޑީސީ)އިން ބުނެފިއެވެ.

އެފްޑީސީން ސޯޝަލް މީޑިއާގައި އާއްމުކުރި ކުރު ވީޑިއޯއެއްގައި ބުނީ، ފްލެޓްގެ އެގްރިމެންޓުތައް ޕްރިންޓުކޮށް ނިންމާފައިވާ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލުތައް ފަހުން ހާމަކުރާނެ ކަމަށް އެވީޑިއޯގައި ބުނެފައި ވެއެވެ.

ކުރީގެ ސަރުކާރުން ފްލެޓް ދޫކުރަން އެކުލަވާލި ދާއިމީ ލިސްޓްގައި ޕޮއިންޓް ދީފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު މައްސަލަ ހުށަހެޅުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން މަޑުޖެއްސުމަށް އަންގާފައެވެ. އެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓު ކަނޑައެޅިއިރު ޝަރުތު ހަމަނުވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ކަމަށްވެސް އޭސީސީން ބުނެފައި ވެއެވެ.

މި މައްސަލައިގައި ވަރަށް އަވަހަށް ގޮތް ނިންމާނެ ކަމަށް އޭސީސީން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.