"ސިޓަޑެލް 2″ އަށް ތައްޔާރު ވަނީ

"ސިޓަޑެލް 2″ އަށް ތައްޔާރު ވަނީ

Author
ފާތިމަތު ނާވީ
24 ޖެނުއަރީ 2024 11:06
0

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި  ރިޗަޑް މެޑެންގެ ވެބް ސީރީޒް ގެ ދެވަނަ ސީޒަންގެ ޝޫޓިން އަށް ތައްޔާރީތައް ވާން ފަށައިފި އެވެ.

މި ޑްރާމާ އަކީ ވަރަށް ކާމިޔާބު އަދި ގިނަބަކަށް ވަރަށް ކަމުދިއަ ސީރީޒްއެކެވެ. މި ކާމިޔާބީއާއި އެކުގައި މީގެ ދެވަނަ ސީރީޒްގެ މަސައްކަތް މިހާރު ބާރު ސްޕީޑުގައި ކުރިއަށް ދާ ކަަމށާއި އަދި ވަރަށް އަވަހަށް ޝޫޓިން ފަށާނެ ކަމަށް މީޑިއާއިން ވަނީ ބުނެފައިއެވެ.

މީޑިއާތަކުން ބުނީ މީގެ ޝޫޓިން ތާވަލުކުރަނީ މި އަހަރުގެ ސެޕްޓެމްބަރަށް ކަމަށެވެ. އަދި "ސިޓަޑެލް 2″ ގެ މައިގަނޑު މަންޒަރުތައް މި ފަހަރު ނަގަން ހަމަޖެހިފައި ވަނީ ކެނެޑާގެ ޓޮރޮންޓޯގަ އެވެ. މިދިޔަ އަހަރުގެ އެޕްރީލް 28 ގައި ގެނެސްދިން ނުވަ އެޕިސޯޑްގެ ފުރަތަމަ ސީޒަން އެއްކޮށްހެން ޝޫޓްކުރީ އިނގިރޭސިވިލާތުގަ އެވެ.

އެކްޝަން ސްޕައި ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ސިޓަޑެލް" އަކީ "އެވެންޖާޒް: އެންޑްގޭމް" ފަދަ ފިލްމުތައް ގެނެސްދިން އެންތަނީ އާއި ޖޯ ރުސޯ ޕްރޮޑިއުސްކުރި އެއްޗެކެވެ.

މި ސީރީޒަކީ ޕްރިޔަންކާގެ ދެވަނަ ހޮލީވުޑް ސީރީޒެވެ. އޭނަ އެ އިންޑަސްޓްރީ އަށް ނުކުތީ އޭބީސީ ނެޓްވޯކްގެ 2015 ގެ "ކްއަންޓިކޯ" އިންނެވެ. ހިންދީ ބަހުގެ އިތުރުން "ސިޓަޑެލް" ގެ ސްޕިން-އޮފްތައް އިޓަލީ، ސްޕެއިން އަދި މެކްސިކޯ ބަހުން ގެނެސްދޭން ހަމަޖެހިފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.