ސައިފް އެޑްމިޓްކޮށްފި

ސައިފް އެޑްމިޓްކޮށްފި

Author
ފާތިމަތު ނާވީ
23 ޖެނުއަރީ 2024 09:29
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ހާން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ. އޭނާ އެޑްމިޓް ކޮށްފައިވަނީ ކަކުލުގެ ބޮޑު އޮޕަރޭޝަނަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅޭ ގޮތުން ސައިފް ވަނީ ބަޔާނެއް ނެރެފައިއެވެ. އެ ބަޔާނުގައި ބުނީ ކަކުލުގެ އޮޕަރޭޝަނަކީ ކޮންމެހެން އޭނާ ކުރަން ޖެހިފައިވާ އޮޕަރޭޝަނެއް ކަމަށެވެ. އަދި ކަންބޮޑުވާންޖެހޭ އެއްވެސް މައްސަލައެއް ނެއްކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައިއެވެ.

މި އޮޕަރޭޝަން އާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ލިބިފައިއެއް ނުވެއެވެ. ނަމަވެސް މީޑިއާއިން ބުނި ގޮތުގައި ކަކުލުގެ އޮޕަރޭޝަން އަށް އޭނާ އެޑްމިޓް ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި މުމްބާއީގެ ކޮކީލާބެން ހޮސްޕިޓަލްގައި ކަމަށެވެ.

 

މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރުގެ ފިރިމީހާ އަދި ހަތަރު ކުދިންގެ ބައްޕަ ސައިފްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "އާދިޕުރުޝް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙަސަނާ
"ބުނެފައިއެވެ." މިއީ ދިވެހިބަހުގައި ލިޔާ ގޮތެއް ނޫން. ދިވެހިބަހުގައި ލިޔާނީ "ބުނެފައެވެ." މިގޮތަށް. ދިވެހިބަހުން ރަނގަޅަށް ލިޔެކިޔަން ދަސްކޮށްގެން ނޫސްވެރިކަން ކޮށްބަލަ.