ޓީ ކޮމެޑީ ފްރެންޗައިޒް "ގޯލްމާލް" ގެ ފަސްވަނަ ފިލްމް ގެނެސްދިނުމަށް އަދި ވަގުތު ނަގާނެ ކަމަށް ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޝެޓީ ބުނެފިއެވެ.
ރޯހިތު ބުނީ "ގޯލްމާލް 5″ އަކީ ޔަގީނުން ވެސް ބެލުންތެރިންނަށް ގެނެސްދޭނެ އެއްޗެއް ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ފިލްމް ބެލުންތެރިންނަށް ގެނެސްދިނުމަށް ވިސްނަމުން އަންނަ ކަމަށެވެ. ނަމަވެސް މި ފިލްމް އަދި ބެލުންތެރިންނަށް ގެނެސްދިނުމަށް ދެ އަހަރެއްހައި ދުވަސް ވާނެ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
މި ސިލްސިލާގެ ފިލްމް ތަކަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފިލްމް ތަކެކެވެ. ހެއްވާ މަޖާ މި ސިލްސިލާގެ ފިލްމް ތަކަކީ ވަރަށް ކާމިޔާބުު ފިލްމް ތަކެއްވެސް މެއެވެ.
ބެލުންތެރިންގެ މަގުބޫލުކަން ވަރަށް ބޮޑަށް ހޯދާފައިވާ "ގޯލްމާލް" ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމަކީ 2017 ގެ "ގޯލްމާލް އެގެއިން" އެވެ. މީގެ ފުރަތަމަ ބަޔަކީ 2006 ގެ "ގޯލްމާލް: ފަން އަންލިމިޓެޑް" އެވެ. މި ފްރެންޗައިޒްގެ އާންމު ތަރިންނަކީ އަޖޭ ދޭވްގަނާއި އަރުޝަދު ވަރްސީގެ އިތުރުން ތުޝާރް ކަޕޫރެވެ.
ކޮމެންޓު ފޮނުވާ