ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

Author
އަހުމަދު
23 ޖެނުއަރީ 2024 11:23
0

ފުވައްމުލަކުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ މިއަދު މަރުވެއްޖެއެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ ފުވައްމުލަކު އާސްމާނުގެ، އިބްރާހިމް ސިމާން (30) އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާ ދެމުން ދަނިކޮށް ހެނދުނު 8:15 ހާއިރު މަރުވެފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެމީހާގެ ހާލު ސީރިއަސްކަމުން މިއަދާ ހަމައަށް ވެސް ލާފައި އޮތީ ވެންޓިލޭޓަރަަށެވެ.

ހޮނިހިރު ދުވަހުގެ ރޭ މި އެކްސިޑެންޓު ހިނގާފައި ވަނީ ފުވައްމުލަކުގެ ބޮޑުފަންނަނު މަގުގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލެއްގެ ކޮންޓްރޯލު ނުވެގެން ގޮސް ސައިކަލާއި ދުއްވަން އިން މީހާ ފާރެއްގައި ޖެހިގެންނެވެ.

އެ މީހާއަށް ލިބުނު ޒަހަމްތަކަށް ފުވައްމުލަކު ސިޓީގެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ބޭނުންވާތީ ޖެހިގެން އައި ދުވަހު މާލެ ގެނެސްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.