މައްސަލަ ބޮޑުވެފައިވާ ފުޓްބޯޅަ އެސޯސިއޭޝަންގެ އިންތިޚާބުގެ ކަންކަން ހުއްޓާލުމަށްފަހު ތިންކަމެއް އިސްލާހު ކުރުމަށް ދުނިޔޭގެ ފުޓްބޯޅަ އިދާރާ ފީފާއިންނާއި އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަނުން އަންގައިފިއެވެ.
ފީފާއާއި އޭއެފްސީގެ ލަފައަކަށް އެފްއޭއެމްއިން އެދިފައިވަނީ އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އިންތިޚާބަށް ވާދަކުރައްވާ ކެނޑިޑޭޓް އަހުމަދު ތޯރިގު (ޓޮމް)ގެ ކެންޑިޑެސީ ބާތިލްކުރަން، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ނިންމުމުން އިތުރަށް އެޕީލް ކުރާނެ އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނެތުމުން މި ކަމުގައި އަމަލުކުރާނެ ގޮތެއްގެ ލަފާ ހޯދުމަށެވެ.
އެފްއޭމްއެއިން ފީފާ އާއި އޭއެފްސީން މި ގޮތަށް އެންގީ، އެފްއޭއެމް އިންތިހާބު މައްސަލައިގައި ތޯރިގު، އޭއެފްސީ އާއި ފީފާ އަށް މައްސަލަ ހުށަހަޅާފައިވާއިރު، އެފްއޭއެމް އިން ވެސް، އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނެތުމުން މި ކަމުގައި އަމަލުކުރާނެ ނިންމަން، ފީފާ އާއި އޭއެފްސީގެ ލަފަ އަކަށް އެދިފައިވަނިކޮށެވެ.
އެފްއޭމްއެއިން ލަފަޔަކަށް އެދުމުން ފީފާ އާއި އޭއެފްސީން ވަނީ މިހާރު ކުރިޔަށް ގެންދާ އިންތިޚާބުގެ ކަކަން ހުއްޓާލުމަށްފަު ދެކަމެއް އިސްލާހުކޮށް އަލުން އިންތިޚާބު ބޭއްވުމަށް އަންގާފައެވެ.
އެގޮތުން ދެ މުވައްސަސާއިން އިސްލާހު ކުރުމަށް އަންގާފައިވަނީ:
– ކޮންގްރެސް އެއް ބާއްވާ އިލެކްޓޯރަލް ކޮމިޓީއާއި އިލެކްޓޯރަލް އެޕީލް ކޮމިޓީ އަލުން އިންތިޚާބު ކުރުން.
– އަސާސީ ގަވާއިދާއި އިލެކްޓޯރަލް ކޯޑާ އެއްގޮތަށް ދެ ކޮމިޓީ އަށް އެއްފަހަރާ މެންބަރުން ނެގުން.
މި ދެކަންތަށް އިސްލާހު ކުރުމަށްފަހު އަލުން އިންތޮޚާބު ބޭއްބުމަށްފީފާ އާއި އޭއެފްސީންވަނީ އެފްއޭއެމްއަށް އަންގާފައެވެ.
ކޮމެންޓު ފޮނުވާ