އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

Author
ހުސެއިން
22 ޖެނުއަރީ 2024 04:09
0

ރައްޔިތުންގެ މަޖިލިސް އިންތީޚާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.

އެ ޕާޓީން މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އާއި ހަމައަށެވެ.

އެމްޑީޕީ ޕްރައިމަރީއަށް ހުޅުވާލީ މިދިޔަ މަހުގެ 16ގައެވެ. ޕްރައިމަރީއަށް ހުޅުވާލި މުއްދަތު ހަމަވިއިރު 36 ދާއިރާއަކަށް އެންމެ ކެންޑިޑޭޓަކު ވާދަކުރުމަށް ހުށަހެޅުމުން އެ ފަރާތްތަކަށް ވަނީ ޕާޓީގެ ޓިކެޓް ކަށަވަރުވެފައެވެ.

މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ އެމްޑީޕީން ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 3 ގައެވެ. އެގޮތުން، 43 ދާއިރާއެއްގެ ޕްރައިމަރީ އެ ޕާޓީން ބާއްވާނެއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވަފައިވަނީ މާރޗް މަހުގެ 17 ވަނަ ދުވަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.