10 ހާސް މެމްބަރުން ހަމަވެފައިވާ ހަ ސިޔާސީ ޕާޓީ އަކަށް ދައުލަތުގެ ބަޖެޓުން 44 މިލިއަން ރުފިޔާ ދޫކުރަން ނިންމައިފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮންނަ ގޮތުން ރާއްޖޭގައި ރެޖިސްޓްރީ ކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް، މެންބަރުންގެ ނިސްބަތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ޖެހެއެވެ.
އެގޮތުން ދޫކުރުމަށް ގާނޫނުގައި ލާޒިން ކޮށްފައިވަނީ އެ އަހަރަކަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވާ ޖުމްލަ ބަޖެޓުގެ %0.01 އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރާއްޖޭގައި ރެޖިސްޓްރީ ކޮށްގެން ހިންގާ ޕާޓީތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓުން ދޭންޖެހޭ ޝަރުތު ފުރިހަމަ ވެފައިވަނީ 6 ސިޔާސީނޕާޓިއަކަށެވެ.
އެ ޕާޓީތަކަކީ:
3. ޖުމްހޫރީ ޕާޓީ (ޖޭޕީ) – 5.3 މިލިއަން ރުފިޔާ
މި އަހަރަށް ލަފާކުރި ބަޖެޓު ފާސްކުރި އިރު 10،000 މެންބަރުން ހަމަވާ ޖުމްލަ ހަ ޕާޓީ އަކަށް ބަޖެޓުން ފައިސާ ދޫކުރަން ނިންމިއަސް، އިލެކްޝަންސްގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ އަދަދު ތަކަށް ބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް 10،000 މީހުން ހަމަވަނީ ހަތަރު ޕާޓީ އެއްގަ އެވެ.
އެމްޑީއޭ އަދި އަދާލަތު ޕާޓީގައި އެއަދަދަށް މެމްބަރުން ފާއިތުވި އަހަރުގެ ނިޔަލަށް ތިކަމަށް އިލެކްޝަންސްއިން ވެންސައިޓުގައި އާންމު ކޮށްފައިވާ އަދަދުތަކުން ނުދައްކައެވެ.
ކޮމެންޓު ފޮނުވާ