ފިރިމީހާ ޝޯއެބް މަލިކްގެ އައު ކައިވެންޏަށް އިންޑިއާގެ މަޝްހޫރު ޓެނިސް ކުޅުން ތެރިއާ ސާނިއާ މިރްޒާ މަރުހަބާ ކިޔައިފިއެވެ. އޭނާ ސޯޝަލް މީޑީއާއަށް ދޫކޮށްލި ޕޯސްޓެއްގައި ބުނެފައިވަނީ އުފާވެރިކަމާއި ބާއްޖަވެރި ކައިވެންޏަކަށް އެދޭކަމަށެވެ.
މީގެ ދެއަހަރެއްހައި ދުވަސް ކުރިން ޝޯއެބް އާއި ސާނިއާ އާއި ދެމެދުގައި މައްސަލަޖެހިގެން އުޅޭ ކަމުގެ ހަބަރުތަށް ވަނީ ފެންމަތިވެފައިއެވެ. އަދި ދޭތެރެ ދޭތެރެއިން ވަނީ މިދިއަ ދެއަހަރުގެ ތެރޭގައި އެ އަޑުގަދަވެފައިއެވެ.
ޝޯއެބް އިތުރު ކައިވެންޏެއް ކޮށްފައި މިވަނީ އެކައިވެނީގެ ކުރިން ސާނިއާ ގެ އަސަރުގަދަ ޕޯސްޓެއް ސޯޝަލް މީޑިއާގައި ހިއްސާކުރިތާ ދެދުވަހެއް ފަހުންނެވެ. އަދި އެއާއި އެކުގައި އެކައިވެނި ނިމުމަކަށް އައިސްފައިވާކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.
މި އަޑުތަށް މަޑުވެފައިވާ ދަނޑިވަޅެއްގައި ސޯއެބް ވަނީ އޭނާ އައު ކައިވެންޏެއް ކުރިކަން އިއުލާން ކޮށްފައިއެވެ. މަޝްހޫރު ކުރިކެޓްކުޅުންތެރިއާ ކައިވެނި ކޮށްފައިވަނީ ޕާކިސްތާން ގެ މަޝްހޫރު ބަތަލާ ސަނާ ޖާވެދްއާއިއެވެ.
ހޮނިހިރު ދުވަހު އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓުގައި ގައިވެނި ކުރިކަން ވަނީ އިއުލާން ކޮށްފައިއެވެ. އެމީހުން ކައިވެނި ކޮށްފައިވަނީ ސަނާގެ ގޭގައި ވަރަށް ޕްރައިވެޓް ހަފްލާއެއްގައިއެވެ. މީ ސަނާގެ ދެވަނަ ކައިވެންޏެވެ. ސަނާ ކުރިން ކައިވެނި ކުރީ މަޝްހޫރު ލަވަކިއުންތެރިއެއް ކަމުގައިވާ އުމޭރް ޖެސްވާލް އާއި އެވެ. އެމީހުން 2020 ގައި ކުރެވުނު ކައިވެނި ނިމުމަކަށް އައީ 2023 ވަނަ އަހަރުގައިއެވެ.
މިއާއި އެކުގައި ގިނަ ބަޔަކު ބުނަމުން އައީ ޝޯއެބް އާއި ސާނިއާ މިހާރު ވަރިވެފައިވާ ކަމަށެވެ. ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން ބުނާގޮތުގައި އަދިވެސް އެމީހުން ވަރިއެއް ނުވެއެވެ. ނަމަވެސް ސާނިއާގެ ފަރާތުން ވަރިވުމަށް މިހާރު ކޯޓަށް ހުށައަޅައިފައިވާކަމަށް ވެއެވެ.
ސާނިއާ އާއި ޝޯއެބް ކައިވެނި ކުރީ 2010 ވަނަ އަހަރުއެވެ. އޭގެ ކުރިން ޝޯއެބް ކައިވެނި ކޮށްގެން އުޅުނީ އައިޝާ ސިއްދީގީއާއިއެވެ. ޝޯއެބް އާއި ސާނިއާގެ ކައިވެނިން ވަނީ ފިރިހެން ކުއްޖެއް ލިބިފައިއެވެ.
ކޮމެންޓު ފޮނުވާ