މިއަހަރުގެ ފުރަތަމަ ދެ ހަފްތާގަ ދައުލަތަށް 390 މިލިއަން ރުފިޔާ ލިބުނުއިރު، 524 މިލިއަން ރުފިޔާ ޚަރަދު ވެއްޖެ

މިއަހަރުގެ ފުރަތަމަ ދެ ހަފްތާގަ ދައުލަތަށް 390 މިލިއަން ރުފިޔާ ލިބުނުއިރު، 524 މިލިއަން ރުފިޔާ ޚަރަދު ވެއްޖެ

މިއަހަރުގެ ފުރަތަމަ ދެ ހަފްތާގައި ދައުލަތަށް 390 މިލިއަން ރުފިޔާ ލިބިފައިވާއިރު، 524 މިލިއަން ރުފިޔާ ޚަރަދު ވެފައިވާކަމަށް އިއްޔެ ފިނޭންސް މިނިސްޓްރީން އާންމުކުރި މިއަހަރުގެ ފުރަތަމަ ދެ ހަފްތާގެ މާލީ ރިޕޯޓުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރު އެ މުއްދަތުގައި، ކުރީ ސަރުކާރުގެ ހަރަދު ހުރީ 993.4 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ދައުލަތުގެ ޚަރަދުތައް އަންގައިދޭ މާލީ ރިޕޯޓެވެ.

މި ރިޕޯޓުގައި ވާގޮތުން، މިއަހަރު މިހާތަނަށް ވަނީ ލޯނުތައް ދައްކަން ދައުލަތުގެ ބަޖެޓުން 312 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ރިކަރަންޓް ހަރަދުގެ ގޮތުގައި ހިނގާފައިވާ ޚަރަދަށް ބަލާއިރު، އިދާރީ ހިންގުމަށް 361.8 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ދަށް އަދަދަކެވެ. މިދިޔަ އަހަރު މި މުއްދަތުގައި އިދާރީ ހިންގުމަށް 511.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މުސާރައާއި އިނާޔަތްތަކަށް 4.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 5.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ރިކަރަންޓް ޚަރަދާއި އެހެން ޚަރަދުތަކަށް ބަލާއިރުވެސް ފާއިތުވެދިޔަ އަހަރުގެ ފުރަތަމަ 11 ދުވަހާއި އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ 11 ދުވަހު ދަށްކަން ފާހަގަ ކޮށްލެވެއެވެ.

މިހިގާ 2024 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

ދައުލަތުގެ މާލީ ހިސާބުތައް އެކުލެވޭ "ވީލްލީ ފިސްކަލް ރިޕޯޓު" ފިނޭންސް މިނިސްޓްރީން އަލުން ނެރެން ފަށާފައިވީ އިއްޔެއެވެ. މި ރިޕޯޓުތައް މިހާރުވަނީ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއު ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ކުރިންވަނީ މާލީ ހިސާބުތައް އާންމު ކުރުން ހުއްޓާލާފައެވެ. އޭރު މި ހިސާބުތައް ނެރުން ހުއްޓާލި ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް، އިއްޔެ ރިޕޯޓު އާންމު ކުރަމުން ކުރި އެކްސް ޕޯސްޓުގައި ވިދާޅުވެފައިވަނީ، މިއަރަށް ފާސްކޮށްފައިވާ ބަޖެޓްގައި ހިމެނޭކަންކަން ރިޕޯޓުގައި ހިމެނުމަށްޓަކާ ރިޕޯޓު ސިސްޓަމަސް ބަދަލުތައް ގެނެސްފައި ވާކަމުގައެވެ.

މި އަހަރުގެ ފުރަތަމަ ދެ ހަފްތާގެ މާލީ ރިޕޯޓު މިހަރުވަނީ އާންމު ކޮށްފައެވެ.

މި ރިޕޯޓު އާންމު ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *