ސިދާތު މަލްއުތުރާ އަކީ ޒުވާން އަމީތާބް ބައްޗަން: ރޯހިތު ޝެޓީ

ސިދާތު މަލްއުތުރާ އަކީ ޒުވާން އަމީތާބް ބައްޗަން: ރޯހިތު ޝެޓީ

Author
ފާތިމަތު ނާވީ
20 ޖެނުއަރީ 2024 09:57
0

ބޮލީވުޑްގެ ޒުވާން އެކްތަރު ސިދާތް މަލޯތްރާ އަށް ޑައިރެކްޓަރު ރޯހިތު ޝެޓީ ވަރަށް ތައުރީފް ކޮށްފިއެވެ.

އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ގައި ސިދާތު ލައްވައި ފުލުސް ކެރެކްޓާއެއް ކުޅުވި ޑައިރެކްޓަރު، ބުނީ މިހާރުގެ މަޝްހޫރު ތަރި ސިދާތު މަލްއުތުރާ އަކީ އިންޑަސްޓްރީގެ މިހާރުގެ ޒުވާން އަމީތާބް ބައްޗަން ކަމަށެވެ.

ރޯހިތު ވަނީ 1973 ގެ ފިލްމު "ޒަންޖީރު" ގައި އަމީތާބް ކުޅުނު ފުލުސް ކެރެެކްޓާގައި އޭނަ ފެނުނު ގޮތާއި ސިދާތު މިހާރު ހުރި ސިފަ ވެސް އެއްގޮތް ކަމަށް ބުނެފަ އެވެ.

މި އިންޓަވިއު ގައި ވާހަކަ ދައްކަމުން ރޯހިތު ބުނީ އަމިތާބް އާއި ވަރަށް އެއްގޮތް ކަންތަށް ތަކެއް ސިދާތްގެ ގައިގައިި އެބަހުރި ކަމަށެވެ. އަދި ފޭނުންނަށް އެކަން ފާހަގަނުކުރެވޭތޯ ސުވާލު ވެސް ކޮށްފައިވެ އެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.