ގޭބިސީތަކަށް ޒިޔާރަތްކޮށް ހޭލުންތެރި ކުރުވުމުގެ ހަރަކާތެއް މ. އަތޮޅު ބައެއް ރަށްރަށުގައި ފުލުހުން ކުރިއަށް ގެންގޮސްފި

ގޭބިސީތަކަށް ޒިޔާރަތްކޮށް ހޭލުންތެރި ކުރުވުމުގެ ހަރަކާތެއް މ. އަތޮޅު ބައެއް ރަށްރަށުގައި ފުލުހުން ކުރިއަށް ގެންގޮސްފި

Author
ހުސެއިން
18 ޖެނުއަރީ 2024 09:05
0

ރައްޔިތުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް މ. އަތޮޅު ބައެއް ރަށްރަށުގެ ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 15 އަދި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ކޮޅުފުށި، މަޑުއްވަރި، ދިއްގަރު، މުލައް އަދި މުލީ ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ ކަންކަމާއި އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތާ އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތްތައް ބުނެދީފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި މީސްމީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތަކަށް ސަމާލުވެ ރައްކާތެރިވުމަށާއި ޒާތީ މައުލޫމާތާއި ބެންކު އެކައުންޓުގެ މައުލޫމާތު ފަދަ މުހިންމު މައުލޫމާތު އެހެން މީހަކާ ހިއްސާ ނުކުރުމަށާއި އެކަންކަމުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުވެސް ދީފައިވެއެވެ.

އޭގެ އިތުރުން ގޭގައި ގެންގުޅޭ އަގުބޮޑެތި މުދަލަށް ރައްކާތެރިވުމަށާއި ވައްކަންކުރާ ފަރާތްތަކަށް ވައްކަން ކުރުމަށް ފުރުސަަތު ނުދީ ފަރުދީގޮތުން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ މިފަދަ ޕްރޮގްރާމްތައް ސިލްސިލާކޮށް ފުލުހުން ގެންދަނީ ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.