ރިތިކް ގެ ސިކްސް ޕެކް ގެ ސިއްރު

ރިތިކް ގެ ސިކްސް ޕެކް ގެ ސިއްރު

Author
ފާތިމަތު ނާވީ
19 ޖެނުއަރީ 2024 09:30
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަންގެ ފިޓްނެސް އަކީ ގިނަ ބަޔަކު ވާހަކަ ދައްކާ މައުލޫއެކެވެ. ހާއްސަކޮން އޭނާ ގެ ސިކްސް ޕެކް އަކީ ގިނަ ބަޔަކަށް ކަމުދާ އަދި ތައުރީފް ވެސް ލިބޭ ކަމެކެވެ.

ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ 50 އަހަރުގެ އެކްޓަރުގެ ސިކްސް ޕެކް އަކީ ގިނަ ބަޔަކު ފިދާވާ ކަމެކެވެ. އަދި ހަމަ އެއާއި އެކު މީގެ ކުރިން އޭނާ ވަނީ ރީތި ފިރިހެނުންގެ ލިސްޓް އިން ވެސް ޖާގަ ހޯދައިފައިއެވެ.

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

ރިތިކްގެ ފިޓްނެސް ޓްރެއިނާ ކްރިސް ގެތިން ވަނީ ރިތިކްގެ ރީތި ހަށިގަނޑުގެ ފަހަތުގައިވާ ސިއްރުތައް ކިޔައިދީފަ އެވެ. ސިކްސް ޕެކް އަކީ ވަރަށް ގިނަ މަސައްކަތް ތަކެއް އަދި ހާއްސަކޮން ދިރިއުޅުން ނުވަތަ ލައިފްސްޓައިލް ވެސް ވަކިގޮތަކަށް ބަހައްޓައިގެން ކުރެވޭނެ ކަމެކެވެ.

ކްރިސް ބުނީ ރިތިކް ދުވާލަކު ގާތްގަނޑަކަށް ހައެއްކަ ފަހަރު ކާ ކަމަށެވެ. އަދި ކެއުމުގައި ގިނައިން ޕްރޮޓީންސް ހިމެނޭ މަހުގެ ބާވަތްތައް ހިމަނަން އިސްކަންދޭ ކަމަށެވެ.

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

ކެއުމުގެ އިތުރުން ކަސްރަތު ކުރުމަކީ ވެސް ރިތިކްގެ ކޮންމެ ދުވަހެއްގެ ތާވަލުގައި ހިމެނޭ ކަމެއް ކަމަށް ކްރިސް ބުންޏެވެ. އެގޮތުން ދުވާލަކު މަދުވެގެން އެއް ފަހަރު ކާޑިއޯ ހެދުމަކީ ރިތިކްގެ އާދައެއް ކަމަށް ކްރިސް ބުންޏެވެ.

ރަނގަޅަށް ކެއުމާއި ކަސްރަތުގެ އިތުރުން ގަޑިއަށް ނިދުމަކީ ވެސް މުހިންމު ކަމެއް ކަން ފާހަގަ ކޮށް ކްރިސް ބުނީ ރިތިކް ކޮންމެ ރެއަކު ވެސް ނުވައެއް ޖަހާއިރު ނިދާ ކަމަށް ކްރިސް ބުނެ އެވެ.

ރިތިކް ގެ ކުރިއަށް އޮތް ފިލްމް އަކީ "ފައިޓާ" އެވެ. އެ ފިލްމް ގައި ރިތިކް އާއި އެކުގައި ފެނިގެން ދާނީ ދީޕިކާ ޕަދުކޯން އެވެ. މީ ދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.