ޓްވިންކަލް ގްރެޖުއޭޓް ވެއްޖެ

ޓްވިންކަލް ގްރެޖުއޭޓް ވެއްޖެ

Author
ފާތިމަތު ނާވީ
19 ޖެނުއަރީ 2024 10:08
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު ގެ އަންހެނުން އަދި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާ ލަންޑަން ޔުނިވާސިޓީގެ މަތީ ތައުލީމުގެ ކޯހަކުން ދަސްވެނިވުމުން އަކްޝޭ އޭނާއަށް ތައުރީފކޮށް ޕޯސްޓެއް ހިއްސާކޮށްފި އެވެ.

އަކްޝޭ ކުރި ޕޯސްޓުގައި ބުނެފައިވަނީ މީގެ ދެ އަހަރު ކުރިން ޓްވިންކަލް މަތީ ތައުލީމު ފުރިހަމަ ކުރަން ބޭނުންވާ ވާހަކަ ބުނުމުން އެކަމާ ޝައްކު އުފެދުނު ކަމަށެވެ. ނަމަވެސް ޓްވިންކަލް ގެ ބުރަ މަސައްކަތާއި ހިތްވަރުން މިއަދު މި ވަނީ އެކަން ހަގީގަތަކަށް ހަދައިފައިކަމަށެވެ.

ހަމައެއާއެކު އޭނާގެ އަންހެނުންނާ މެދު ފަހުރުވެރިވާ ކަމަށާއި އެކަން ހާމަކޮށްދޭން ޚުދު އޭނާއަށް ވެސް ނޭނގޭ ކަމަށް އަކްޝޭ ބުނެފައިވެ އެވެ. އޭނާ ހުރީ ވަރަށް އުފަލުން ކަމަށް ބުނެފައި ވެއެވެ. ނަމަވެސް އޭނާ ގްރެޖުއޭޓްވީ ކޮންދާއިރާ އަކުން ކަމެއް ސާފު ކޮށްދީފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

އަކްޝޭ އާއި ޓްވިންކަލް ކައިވެނި ކުރީ 2001 ވަނަ އަހަރުގައި އެވެ. އެމީހުންނަށް ވަނީ މި ކައިވެނިން 2 ދަރިންވެސް ލިބިފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.