އިންޑިއާ އަށް އިހުތިރާމް ކުރަން ވާނެ، ނުކުރާނަމަ އޮތީ ގެއްލުން: ނަޝީދު

އިންޑިއާ އަށް އިހުތިރާމް ކުރަން ވާނެ، ނުކުރާނަމަ އޮތީ ގެއްލުން: ނަޝީދު

Author
އަހުމަދު
18 ޖެނުއަރީ 2024 06:00
0

އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ ރަހްމަތްތެރި، އަވަށްޓެރި ގައުމެއް ކަމަށާއި އިންޑިއާ އަށް އަބަދުވެސް އިހްތިރާމް ކުރަން ވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި މެދު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯއެއް އާންމު ކުރުމާ ގުޅިގެން އިންޑިއާގެ ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ވަނީ ރާއްޖެ ދިއުމުގެ ބަދަލުގައި ޗުއްޓީ ހޭދަކުރުމަށް ލަކްޝަދީޕަށް ދިއުމަށް ގޮވާލައިފައެވެ.

އެއާއެކު، ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން ވަނީ އިންޑިއާ އާއި މޯދީ އަށް ބަދު ބަސް ވިދާޅުވެ، ފުރާއްސާރަ ކުރައްވައިފައެވެ. އެއާއެކު، އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ވަނީ ހީނަރުވެފައެވެ.

ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ވިސްނުންތެރިކަމާއި ގެންގުޅޭ ރަނގަޅު ސްޓްރެޓެޖިކްގެ ވެރިބައެއް ކަމަށެވެ. އެއީ އަމިއްލަ އުސޫލުތަކުގައި ހިފެހެއްޓި ބައެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންނަކީ އެއްވެސް އިރެއްގައި ގަދަ ބާރުން ކަންކަން ކުރަމުން އައި ބައެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ވެރިންގެ ދުރުވިސްނުމެއް ނެތް ނަމަ ރާއްޖެއަށް ގެއްލުންވާނެ ކަމަށެވެ.

"އިންޑިއާއަކީ އަހަރެމެންގެ އަވަށްޓެރިއެއް އަދި ރަހުމަތްތެރިއެއް. އަބަދުވެސް އިންޑިއާއަށް އިހުތިރާމު ކުރަން ވާނެ،" ނަޝީދު ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.