ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ހައްލު ކޮށްދޭނަން: ފައިސަލް

ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ހައްލު ކޮށްދޭނަން: ފައިސަލް

Author
ހުސެއިން
18 ޖެނުއަރީ 2024 06:08
0

ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ހައްލު ކޮށްދޭނެ ކަމުގައ ިޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ “ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ސިނާއަތަކީ ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލެވިފައިވާ ދާއިރާއެއް ކަމަށާއި އެހެންނަމަވެސް ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ދިވެހި އަންހެނުންގެ އަދަދު ނިސްބަތުން މަދުކަމަށެވެ. އަދި މިނިސްޓަރު ވަނީ ވީހާ ވެސް ގިނަ އަންހެނުން ރާއްޖޭގެ އިގުތިސާދުގެ މައި ސިނަމާއަތަށް ނުކުތުމަށް ގޮވާލައްވައިފަ އެވެ.

ދިވެހި އަންހެނުން މިއިންޑަސްޓްރީގައި ހުރި ގޮންޖެހުންތަކާ އެކީ ނިކުމެ ކުރިމަތިލާންވީ، ސަރުކާރުން މި ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި ދޭނެ.

ފައިސަލް ވިދާޅުވި އެވެ.

"ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމް މެދުވެރިކޮށް ދާއިރާ އަށް އަންހެނުން ނެރުމަށްޓަކައި ޚާއްސަ މެންޓާންޝިޕް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އަހަރަކު ދެ ފަހަރު ހިންގުމަށް ނިންމާފައިވާ މިޕްރޮގްރާމްގެ ތެރެއިން ތިން މަސް ދުވަހުގެ މަސައްކަތުގެ ހުނަރު ދަސްކޮށް ދޭނެ އެވެ.

ފަތުރުވެރިކަމުގެ އެކި ދާއިރާތަކުން ތަޖުރިބާކާރު މެންޓަރިންއާއެކު، މަސައްކަތްކުރާ މާހައުލުގައި ތިން މަސްދުވަސް ހޭދަކޮށް، އަމަލީ ތަޖުރިބާ ލިބިގެން ދާނެ.

މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމާއެކު ފަތުރުވެރިިކަމުގެ ދާއިރާއަށް އަންހެނުން ނިކުންނަ މިންވަރު އިތުރުވެގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.