ލަންކާ ހައިކޮމިޝަންގެ ފަރސްޓް ސެކެޓްރީއަކަށް ސީޒަން

ލަންކާ ހައިކޮމިޝަންގެ ފަރސްޓް ސެކެޓްރީއަކަށް ސީޒަން

Author
ހުސެއިން
18 ޖެނުއަރީ 2024 09:34
0

މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަންއަށް ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ދިވެހި ހައި ކޮމިޝަނުގެ ފަސްޓް ސެކްރެޓަރީގެ މަގާމު ދީފި އެވެ.

ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީއަށް އޭނާވަނީ ކެމްޕޭން ކޮށްފައެވެ. އޭގެ ކުރިން އޭނާ ވިދާޅުވެވައިވަނީ ފިލްމީ ދާއިރާއިން އޭނާ “ބްރޭކެއް” ނަގާފައިވާ ކަމަށެވެ. އަދި ފަހުން ވިދާޅުވެފައިވަނީ އޭނާ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާއަށް ވާދަކުރައްވަން ނިންމެވި ކަމަށެވެ.

އެހެންނަމަވެސް ފަހުން މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރަން ނިންމާ، ނަން އަނބުރާ ގެންދިއުމަށް ފަހު ސީޒަން ވަނީ އޭނާގެ އެ ނިންމުމާމެދު ސަޕޯޓަރުންގެ ކިބައިން މާފަށް އެދި ސަޕޯޓަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ގާތްކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ހައިކޮމިޝަންތަކާއި އެމްބަސީތަކުގައި ފަސްޓް ސެކްރެޓަރީގެ މަގާމަކީ ހައި ކޮމިޝަނަރ/އެމްބެސެޑަރ އަދި ޑެޕިއުޓީ ހައި ކޮމިޝަނަރ/ޑެޕިއުޓީ އެމްބެސެޑަރގެ މަގާފަހު އެމިޝަނެއްގެ ދެން އެންމެ އިސް މަގާމެވެ.
ސީޒަން އަކީ ދިވެހި ފިލްމީ އިންޑަސްޓްރީގައި އެންމެ ގިނަ ދުވަސްވީ ތަރިންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.