ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ އިޝާ ޑިއޯލް އާއި ވިޔަފާރީވެރިޔާ ބާރަތް ތަކްތާނީގެ ކައިވެނި މިހާރު އޮތީ ނިމިފަައި ކަމަށް މީޑިއާ ރިޕޯޓްތަށ ްބުނަން ފަށައިފިއެވެ.
ނަމަވެސް މި ވާހަކަތަކާއި ގުޅިގެން އިޝާ ވެސް އަދ ބާރަތް ވެސް މިހާތަނަށް އެއްވެސް ވާހަކައެއް ދައްކައިފައިއެއް ނުވެއެވެ. މަޝްހޫރު ދެ ތަރިން ކަމަށްވާ ދަރުމެންދުރާ އާއި ހެމާ މާލިނީގެ ދެ އަންހެން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު، އީޝާ އާއި ބާރަތު ތަހްތާނީ ކައިވެނިކުރީ 2012 ގަ އެވެ.
މި ކައިވެނިން އެމީހުންނަށް ވަނީ ދެކުދިން ވެސް ލިބިފައިއެވެ. ދެކުދިން ލިބުން ފަހުން އެމީހުންގެ ގުޅުމުގައި މައްސަލަ ތަކެއް ޖެހިފައިވާ ކަމަށް މީޑިއާ އިން ވަނީ ބުނެފައިއެވެ. ނަމަވެސް އެއީ ކޮން މައްސަލަ ތަކެއް ކަމެއް ނޭގެއެވެ.
މީޑިއާއިން އެންމެ ބޮޑަށް ފާހަގަ ކުރާ އެއް ކަމަކީ މި ފަހުން ފިރިމީހާއާ އެކީ ނަގާފައިވާ އެއްވެސް ފޮޓޯއެއް ވެސް އީޝާ އިންސްޓަގްރާމަށް ނުލާ ކަމަށެވެ. އަދި އެކިއެކި އިވެންޓްތަކުން މިހާރު އޭނަ މުޅިން ވެސް ފެންނަނީ މަންމަ ހެމާއާ އެކީގައި ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ. މީ އެކައިވެނި ނިމުމަކަށް އައިސްފައިވާ ކަމުގެ ހެއްކެއް ކަމަށް މީޑިއާއިން ބުނެއެވެ.
މައިން ބަފައިންނާއި ހިލާފަށް އީޝާ އަކީ ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ނުލިބުނު ބަތަލާއެކެވެ. އެހެން ކަމުން އިންޑަސްޓްރީއިން ފެއަށް ޖެހި އޭނާ ކައިވެންޏެއް ކޮށް މިހާރު އުޅެނީ ފިލްމީ ދާއިރާ އާއި އެއްކޮންހެން ދުުރުގައިއެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 2002 ގެ "ކޮއި މެރެ ދިލް ސޭ ޕޫޗޭ" އެވެ. އެންމެ ފަހުން އޭނާ ފެނިގެންދިއަ ފިލްމް އަކީ 2011 ވަނަ އަހަރުގެ ފިލްމް "ޓެލްމީ އޯ ހުދާ"އެވެ.