ރަވީނާގެ ދަރިފުޅުގެ ފިލްމަކީ "ޝަރާބީ"

ރަވީނާގެ ދަރިފުޅުގެ ފިލްމަކީ "ޝަރާބީ"

Author
ފާތިމަތު ނާވީ
17 ޖެނުއަރީ 2024 07:15
0

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ރަވީނާ ޓަންޑަން ގެ ދަރިފުޅު ރަޝާ ތަޑާނީ ބޮލީވުޑަށް ނެރޭ ފިލްމުގެ ނަމަކީ "ޝަރާބީ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މީގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު، ފިލްމުގެ ބަތަލުގެ ރޯލުން، އަޖޭ ދޭވްގަނަށް ބޮޑުބޭބެ ކިޔާ އަމަން ދޭވްގަން ވެސް ތައާރަފުކުރާނެ ކަމަށެވެ. އަދި މި ފިލްމްގެ މުހިންމު ރޯލަކުން އަޖޭވެސް ފެނިގެންދާނެ ކަމަށް ވެއެވެ.

އެކަމަކު މި ފިލްމު އަދި ރަސްމީކޮށް އިއުލާން ނުކުރާތީ ފިލްމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް އަދު ކަށަވަރެއް ނުވެ އެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ރަޝާ އާއި އަމަން  އެކުގައި ފިލްމް ސެޓުގައި ނަގައިފައިވާ ވީޑިއޯއެއް ވަނީ ވައިރަލް ވެފައިއެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

 

ރިޕޯޓްތައް ބުނާ ގޮތުން "ޝަރާބީ" ގެ ހާއްސަ ރޯލުތަކުން އަޖޭ އާއި ޑަޔާނާ ޕެންޓީގެ އިތުރުން ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ ސިލްސިލާ "ބާތޭ…ކުޗް އަންކަހީ ސީ" ގެ ބަތަލު މޯހިތު މަލިކް ވެސް ފެންނާނެ އެވެ.

"ޝަރާބީ" ޑައިރެކްޓަރަކީ "ރޮކް އޮން" އާއި "ކައި ޕޯ ޗޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަބީޝެކް ކަޕޫރެވެ. މިދިއަ އަހަރު ވެސް ވަނީ ބޮލީވުޑްއަށް ސްޓާ ކިޑުންތަކެއް ތައާރަފްވެފައިއެވެ.

 

View this post on Instagram

 

A post shared by Rasha (@rashathadani)

ފިލްމީ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ފިލްމް  ވަރަށް ބޮޑު ބަޖެޓަކުން އަދި އެހާމެ ގްރޭންޑް ކޮށް ހަދަން ނިންމައިފައިވާ ފިލްމްއެކެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ އަބީޝެކާއި ރޯނީ ސްކްރޫވާލާ ގުޅިގެންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.