ދިއްދޫ ފެނަކައިން ވަކިކުރި މުވައްޒަފުންގެ މައްސަލަ މަޖިލިހަށް ހުށަހަޅައިފި

ދިއްދޫ ފެނަކައިން ވަކިކުރި މުވައްޒަފުންގެ މައްސަލަ މަޖިލިހަށް ހުށަހަޅައިފި

ހއ. ދިއްދޫގައި ކޮންޓްރެކްޓް ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރަމުންދަނިކޮށް، ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނާ މަވައްޒަފުންގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ވަހީދު (ވައްޑެ)އެވެ.

ދިއްދޫ ފެނަކާގައި ކޮންޓްރެކްޓް މުވައްޒަވުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން އެމުވައްޒަފުން އިއްޔެވަނީ ދިއްދޫގައި މުޒާހިރާ ކޮށްފައެވެ.

މި މައްސަލައާއި ގުޅޭގޮތުން، މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި އެ ދާއިރާގެ މެމްބަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ސަރުކާރުން އިމާރާތް ކުރަން ފަށާފައިވާ ދިއްދޫ އާ އިންޖީނުގެއާއި އައިސް ޕްލާންޓްގެ މަސައްކަތަށް ފެނަކަ އިން ވަޒީފާ ދީފައިވާ 57 ކޮންޓްރެކްޓް މުވައްޒަފުން އެއްވެސް ނޯޓިސްއެއް ދިނުމަކާ ނުލައި ކުއްލި ގޮތަކަށް އެ މުވައްޒަފުންގެ ވަޒީފާތަކުން ވަކި ކުރި ކަން މުވައްޒަފުންގެ ފަރާތުން އޭނާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން، މުވައްޒަފުންގެ ފަރާތުން ނުތަނަވަސްކަމެއް ލިބި އެކަމުގެ ޝަކުވާ އާއި ކަންބޮޑުވުން އިންތިހާ އަށް އެބައޮތް ކަމަށް އޭނާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ވީމާ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށާއި، ދިއްދޫ އާ އިންޖީނުގެއާއި، އައިސްޕްލާންޓްގެ މަސައްކަތް އަވަހަށް ނިންމަން ބާރު އެޅުމަށާއި، އެ މަސައްކަތް ނިމެންދެން މުވައްޒަފުން ވަޒީފާގައި ބޭތިއްބެވުމަށް ފެނަކައަށް ދެންނެވުމަށްޓަކައި މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށް ފޮނުވައިދިނުމަށް އަޅުގަނޑު ހުށަހަޅަމެވެ.

ވަހީދުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އޭނާގެ ސިޓީގައި ވިދާޅުވެފައިވަނީ ދިއްދޫގައި ކުރަމުން އަންނަ މަސައްކަތްތައް ނިމިފައި ނުވާ އިރު، އެހެން އެކަން އޮއްވާ އެ މުވައްޒަފުން ވަކިކޮށްލުމުން އެ މަސައްކަތް ހުއްޓި، މުވައްޒަފުންގެ އާއިލާތައް ނިކަމެތިކަންލިބޭނެ ކަމުގައެބެ. އަދި، މުވައްޒަފުން ވަކިކުރުން ކުށްވެރި ކުރާ ކަމަށް ވެސް ސިޓީގައިވެއެވެ.

ފެނަކަ އެމްޑީ މުއާޒު ރަޝީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ވަޒީފާއިން ވަކިކުރީ ކޮންޓެރްކްޓް ސްޓާފުން ކަމަށާއި، ކޮންޓްރެކްޓް އާ ނުކޮށްފައިވަނީ އެ ޕްރޮޖެކްޓު ހުއްޓިފައި އޮތުމުން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *