ޕީއެންސީ ކޯލިޝަންގެ ރައްޔިތުން މަޖިލީހުގެ ޕްރައިމަރީ ޖަނަވަރީ 27 ގައި ބާއްވަނީ

ޕީއެންސީ ކޯލިޝަންގެ ރައްޔިތުން މަޖިލީހުގެ ޕްރައިމަރީ ޖަނަވަރީ 27 ގައި ބާއްވަނީ

Author
ހުސެއިން
16 ޖެނުއަރީ 2024 11:36
0

2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީ 2024 ޖަނަވަރީ 27 ވާ ހޮނިހިރު ދުވަހަށް ފަސްކޮށްފައިވާކަން ހާމަކޮށްފިއެވެ.

ޕީއެންސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި ޕްރައިމަރީގައި ވޯޓު ލެވޭ މި ކޯލިޝަންގެ މެންބަރުންގެ ލިސްޓް www.pnc.mv ވެބްސައިޓްގައި ޢާންމު ކުރެވިފައި ވާކަމުގައެވެ.

އެގޮތުން، ވޯޓު ލެވޭ މީހުންގެ ލިސްޓުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާނަމަ، މައްސަލައިގެ ތަފްސީލާއެކު ލިޔުމުން 2024 ޖަނަވަރީ 18 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ޕީއެންސީ އޮފީސް (ސީ ޓްރެކް ބިލްޑިންގ 7 ވަނަ ފަންގިފިލާ) އަށް ނުވަތަ [email protected] އަށް ފޮނުއްވައިދެއްވުން އެދޭކަމަށް މި އިއުލާންގައި ވިދާޅުވެފައި ވެއެވެ. އަދި މި ތާރީޚްގެ ފަހުން ފޮނުވާ އެއްވެސް ޝަކުވާއެއް ބަލައިނުގަނެވޭނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.

މިއީ ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ ބާއްވާ ތާރީޚު ފަސްކުރި ދެވަނަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.