މަޝްހޫރު ޓީވީ ބަތަލާ ސުރްބީ ޗަންދްނާ ކައިވެނިކުރަން އުޅޭކަން އިއުލާންކޮށްފި އެވެ.
އެކަން އިއުލާން ކޮށް ސޯޝަލް މީޑިއާއަށް ވަނީ ސުރްބީ ފޮޓޯތަކެއް ދޫކޮށްލައިފައިއެވެ. ލޯބިވެރިޔާ ކަރަން ޝަރުމާއާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކީ އޭނަ އިންސްޓަގްރާމްގައި ބުނީ ދެ މީހުން މިހާރު ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މިދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު 13 އަހަރު ވެއްޖެއެވެ.
އިންޑިއާގެ އެންމެ މަގުބޫލު ޓީވީ ތަރިންގެ ތެރޭގައި ހިމެނޭ ސުރްބީ، 34، ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "އިޝްގް ބާޒް" "ގުބޫލް ހޭ"، "ސަންޖިވްނީ" އަދި "ނާގިން 5″ ހިމެނެ އެވެ.
މިފަހުން ވަނީ ޓިވީ ބަތަލާ ސުރްބީ ޖަޔޮތީވެސް ދުވަސްވި ލޯބިވެރިޔާ ސުމިތް ސޫރީ އާއި ކައިވެނި ކުރަން އުޅެކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައިއެވެ.
ކޮމެންޓު ފޮނުވާ