އެންމެ ފަހުން ބޭއްވުނު 23 ބައި އިލެކްޝަނުން 18 ގޮނޑި ވެރިކަންކުރާ ޕީއެންސީއަށް!

އެންމެ ފަހުން ބޭއްވުނު 23 ބައި އިލެކްޝަނުން 18 ގޮނޑި ވެރިކަންކުރާ ޕީއެންސީއަށް!

Author
ހުސެއިން
16 ޖެނުއަރީ 2024 12:06
0

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ސަރުކާރާ ހަވާލުވުމަށްފަހު ބޭއްވި ގިނަ ބައި އިލެކްޝަންތަކެއް އެ ކޯލިޝަނުން ކާމިޔާބު ކޮށްފިއެވެ.

މާލޭގައި ބޭއްވުނު މޭޔަރ ބައިއިލެކްޝްނަގައި މޭޔަރުކަމުގެ ގޮނޑި އެ ކޯލިޝަނަށް ކާމިޔާބު ކުރެވިފައި ނުވިނަމަވެސް އެ އިންތިޚާބުގަވެސް މާލޭ ކައުންސިލްގެ ދެ ގޮނޑި އެ ކޯލިޝަނުން ކާމިޔާބު ކޮށްފައި ވެއެވެ.

އިލެކްޝަން ކޮމިޝަނުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުނު ބައި އިލެކްޝަންތަކުގެ ތެރެއިން ވެރިކަން ކޯލިޝަންއިންވަނީ 18 ގޮނޑިއެއް ކާމިޔާބު ކޮށްފައެވެ. އެއީ ބޭއްވުނު 23 ބައިލެކްޝަންގެ ތެރެއިންނެވެ.

ޕީއެންސީން ކާމިޔާބު ކޮށްފައިވާ ބައިލެކްޝަންގެ ގޮނޑިތައް:

– ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރު

– ނ. މާފަރު ކައުންސިލް މެންބަރު

– ތ. ގުރައިދޫ ކައުންސިލް ރައީސް

– ނ. މާފަރު އ.ތ.މ ކޮމެޓީ

– މާލެސިޓީ މާފަންނު ދެކުނު ދާއިރާ ކައުންސިލް މެންބަރު

– މާލެސިޓީ ހެންވޭރު ދެކުނު ދާއިރާ އަންހެނުންނަށް ޚާއްޞަ ގޮނޑި

– ވ.ރަކީދޫ ކައުންސިލް މެންބަރު

– ހދ. މަކުނުދޫ އ.ތ.މ ކޮމެޓީ

– ހދ. ނޭކުރަންދޫ އ.ތ.މ ކޮމެޓީ

– ށ. ކަނޑިތީމު އ.ތ.މ ކޮމެޓީ

– ނ. މަނަދޫ އ.ތ.މ ކޮމެޓީ

– ނ. މަނަދޫ އ.ތ.މ ކޮމެޓީ

– ނ. މާޅެންދޫ އ.ތ.މ ކޮމެޓީ

– ރ. މަޑުއްވަރި އ.ތ.މ ކޮމެޓީ

– ބ. ފުޅަދޫ އ.ތ.މ ކޮމެޓީ

– ބ. ދަރަވަންދޫ އ.ތ.މ ކޮމެޓީ

– ކ. ގާފަރު އ.ތ.މ ކޮމެޓީ

– އދ. މަންދޫ އ.ތ.މ ކޮމެޓީ ހިމެނެއެވެ.

އެންމެ ފަހުން މާލޭގައި ބޭއްވުނު މާލޭ ސިޓީ ބައި އިލެކްޝަންގައި މާލޭ ސިޓީގެ މޭޔަރުކަން ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމްއެވެ. އޭގެ އިތުރުން ހެންވޭރު ދެކުނު ދާއިރާ ޕީއެންސީގެ ކެނޑިޑޭޓް ރިޝްފާ ކާމިޔާބު ކޮށްފައިވާއިރު، މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީވެސް ޕީއެންސީގެ ހަސަން ނިޒާމްއެވެ. އެހެންނަމަވެސް މެދު ހެންވޭރު ދާއިރާގެ ގޮނޑި 15 ވޯޓުގެ ތަފާތުން ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ރިޟުވާން ރަޝީދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.