ޕީއެންސީންގެ މަޖިލިސް ޕްރައިމަރީ އަނެއްކާ ވެސް ލަސްކުރަނީ

ޕީއެންސީންގެ މަޖިލިސް ޕްރައިމަރީ އަނެއްކާ ވެސް ލަސްކުރަނީ

Author
ހުސެއިން
15 ޖެނުއަރީ 2024 10:42
0

ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އަނެއްކާވެސް ލަސްކުރުމަށް އެޕާޓީން ނިންމާފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެހެންނަމަވެސް ޕީއެންސީގެ ފަރާތުން ރަސްމީކޮށް މިކަން އިއުލާން ކޮށްފައި ނުވިނަމަވެސް، ޕްރައިމަރީގައި ވާދަކުރާ ބައެއް ފަރާތްތަކާއި އެ ޕާޓީން މިކަން ހިއްސާ ކޮށްފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރައިމަރީ ބޭއްވުމަށް ހަމަޖައްސާފައިވާ އާ ތާރީޚަކީ މިމަހުގެ 27 ވަނަ ދުވަހެވެ.

މިއީ ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ ލަސް ކުރާ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ޕްރައިމަރީ ބޭއްވުމަށް ތާވަލް ކުރީ މިދިޔަ ޑިސެމްބަރު 23ގަ އވެެ. ނަމަވެސް އެއީ ސްކޫލް ޗުއްޓީއަށްވުމާއި އެހެން ސަބަބުތާކާ ހުރެ މިމަހު 20އަށް ނުވަތަ އަންނަ ހޮނިހިރު ދުވަހަށް އިންތިހާބު ބޭއްވުމަށް ތާވަލް ކުރީ އެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއެންޕީ އާއި އެމްޑީއޭގެ މެންބަރުންނަށް ވެސް ވާދަ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.