މާމިގިލީ މަގު ހެދުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި

މާމިގިލީ މަގު ހެދުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި

Author
މުޙައްމަދު ޝަޒައިމް
15 ޑިސެމްބަރ 2020 10:18
0

އދ. މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ.

މިމަސައްކަތް ކުރުމަށް ހަވާލުވެފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ވަނީ މާމިގިލީ މަގުހެދުމަށް ޕްރީކާސްޓް ކުރުމަށް ބޭނުންވާ އެގްރިގޭޓް އަދި ހިލަވެލި އެރަށަށް ގެންގޮސްފައެވެ.

މާމިގިލި މަގު ހެދުމުގެ މަސައްކަތް 400 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ އިރު، އެ މަސައްކަތަށް 95 މިލިއަން ރުފިޔާ ހަރަދުވެއެވެ. މާމިގިލީގެ ހަ މަގެއްގައި 4.89 ކިލޯ މީޓަރަށް ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އދ.މާގިއްޔަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ރަށެވެ. އަދި އެމަނިކުފާނު މިހާރު ތަމްސީލް ކުރަމުންދާ ދާއިރާގެ މައިރަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.