ވަރުން އާއި ޖާްންވީ އަށް ލޯބީގެ ފިލްމްއެއް

ވަރުން އާއި ޖާްންވީ އަށް ލޯބީގެ ފިލްމްއެއް

Author
ފާތިމަތު ނާވީ
13 ޖެނުއަރީ 2024 11:04
0

ބޮލީވުޑްގެ އަރަމުން އަންނަ ޒުވާން ދެތަރިން ކަމުގައިވާ ވަރުން ދަވަން އާއި ޖާންވީ ކަޕޫރު އަށް ލޯބީގެ ފިލްމް އެއް ހުށައަޅައިފައިވާ ކަމަށް މީޑީއާ ރިޕޯޓްތަށް ބުނަން ފަށައިފިއެވެ.

މިދެތަރިން ވަނީ މިދިއަ އަހަރު އެކުގައި ފިލްމްއެއްގައި މަސައްކަތް ކޮށްފައިއެވެ. އެއީ މިދިއަ އަހަރު ޖުލައި މަހުގެ 21 ވަނަ ދުވަހު ރިލީޒް ކުރި "ބަވާލްއެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައާ ގުޅުވައިގެން ހަދާފައިވާ ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރި "ބަވާލް" ގެ ޑައިރެކްޓަރަކީ ނިތޭޝް ތިވާރީ އެވެ.

މި ފިލްމް އަކީ އުންމީދު ކުރި ވަރުގެ ތަރުހީބެއް ލިބިގެން ދިއަ ފިލްމްއެއް ނޫނެވެ. އެ ފިލްމް އަކީ ޖާންވީ އާއި ވަރުން އެކުގައި މަސައްކަތް ކުރި ފުރަތަމަ ފިލްމްވެސް މެއެވެ.

 

View this post on Instagram

 

A post shared by VarunDhawan (@varundvn)

އެ ދެތަރިން އެކުގައި ފިލްމް އަށް ގެންނަން މަސައްކަތް ކުރަމުން އަންނަ އިރުގައި އެ ފިލްމް އަކީ ޝަޝާންކް ކައިތާން ގެ ފިލްމްއެކެވެ. ވަރުން އާއި ޖާންވީގެ އިތުރުން މި ރޮމް ކޮމް އަށް އިތުރު ކަޕުލް އެއް ވެސް ހަމަ ޖެއްސުމަށް މަސްކަތް ކުރަމުން އަންނަ ކަމަށްވެއެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

މި ފިލްމްގެ މަސައްކަތް މި އަހަރު ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާރު މަޝްވަރާތަށް ކުރިއަށް ދާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އަދި މި ކަމާއި ގުޅިގެން ވާހަކައެއް ނުދައްކައެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.