"ޑޮން 3″ ގެ ވިލަން އަކަށް އިމްރާން

"ޑޮން 3″ ގެ ވިލަން އަކަށް އިމްރާން

Author
ފާތިމަތު ނާވީ
13 ޖެނުއަރީ 2024 12:50
0

"ޑޮން" ގެ ފްރެންޗައިޒް ގެ 3 ވަނަ ފިލްމް ގެ ވިލަންގެ ރޯލުން ފެނިގެންދާނީ އިމްރާން ހާޝިމީ ކަމަށް ބޮލީވުޑްގެ މުނިފޫހި ފިލުވުމުހެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

މި ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށީ އެ ފިލްމު ޕްރޮޑިއުސްކުރާ އެކްސަލް އެންޓައިޓައިންމަންޓްގެ އޮފީހަށް އިމްރާން އިއްޔެ ވަދެނުކުމެ އުޅުނު ތަން މީޑިއާތަކުން ފެނުމާ ގުޅިގެންނެވެ.

 

View this post on Instagram

 

A post shared by Snehkumar Zala (@snehzala)

މީޑިއާތަކުން ބުނީ އޭނަ އެ އޮފީހަށް ދިޔައީ ޑައިރެކްޓަރު ފަރުހާން އަޚްތަރާއި ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީގެ ފަރާތުން ލިބުނު ދައުވަތަކާ ގުޅިގެން "ޑޮން 3″ އާ ގުޅޭ ގޮތުން މަޝްވަރާއަކަށް ކަމަށެވެ.

މި ފިލްމް އިން އިމްރާން ފެނިގެންދާ ވާހަކަތަށް ދެކެވޭ އިރުގައި އޭނާ ވަނީ މިދިއަ އަަހަރު ގެނެސްދިން ކާމިޔާބު ފިލްމް "ޓައިގާ 3″ ގެ ވިލަން ރޯލު ކުޅެ އިމްރާން ވަނީ ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދައިފައިއެވެ.

 

View this post on Instagram

 

A post shared by Excel Entertainment (@excelmovies)

ރަންވީރާ އެކީ "ޑޮން 3″ ހަދަން ނިންމިކަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. މިއީ ޝާހްރުކް ޚާނާ އެކީ 2006 ގައި "ޑޮން" އާއި 2011 ގައި "ޑޮން 2″ ގެނެސްދިނުމަށް ފަހު، އޭނައާ ނުލައި ފަރުހާން "ޑޮން" ގެ ފިލްމެއް ހަދަން ނިންމި ފުރަތަމަ ފަހަރެވެ.

"ޑޮން" ގެ އޮރިޖިނަލް ފިލްމު 1978 ގައި ގެނެސްދިނީ އަމީތާބް ބައްޗަނާ އެކީގަ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.