މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތަށްހުރި ބޮޑު ނުރައްކަލެއްކަމަށާއި، އޭގެ ބޭނުންކުރާ މީހުންނަށް މިހާރަށްވުރެ ހަރުކަށި އަދަބު ދިނުމަށް ޚުޡުބާގައިު މިއަދުގެ ހުކުރު ޚުޡުބާގައި ގޮވާލައްވައިފިއެވެ.
"މަސްތުވާތަކެތީގެ ނުރައްކާ" މި މައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވި ގޮތުގައި މިއަދު ގައުމުގެ ކުރިމަގު ކަމުގައިވާ ޒުވާނުންގެ ގިނަބަޔަކު މިވަބާގައިޖެހި އެބައިމީހުންގެ އުއްމީދުތައް ވެއްޔާއި މޮޑެވި، މާޔޫސްވެފައިވާ ކަމުގައެވެ.
އަދި މިވަބާގައި ޖެހިފައިވާ ފަރުދަކު ނެތް އާއިލާއެއް މަދު ކަމުގައިވެސް މިއަދުގެ ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
މުސްލިމް އަޚުންނޭވެ! މަސްތުވާތަކެއްޗާއި ދެކޮޅަށް ތެދުވާށެވެ! މަސްތުވާ ތަކެއްޗާއި ދެކޮޅަށް ހަނގުރާމަކުރަނީ މުސްލިމް ގައުމުތަކުން އެކަންޏެއް ނޫނެވެ. ޢައިރު މުސްލިމު ބައެއް ގައުމުތަކުގައި، މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރު ކުރާމީހުންނަށް މަރުގެ އުޤޫބާތް ދެއެވެ. މިރާއްޖޭގައިވެސް އެފަދަ މީހުންނަށް މިހާރު އޮންނަވަރަށްވުރެ ހަރުކަށި އުގޫބާތެއް ކަނޑައެޅުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.
ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
މިއަދު ޚުޡުބާގައި ވިދާޅުވީ މި ސުންޕާ ވަބާ އަހަރެމެންގެ މުޖުތަމައުން ފުހެލުމަށްޓަކާ ތަފާތު ވަސީލަތްތައް ބޭނުންކޮށް، އެންމެން ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރާން ޖެހިފައިވާކަމުގައެވެ.
ޚުޡުބާގައި ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރުމުން ގެއްލުން ލިބެނީ ތިމާއަށް އެކަނި ނޫންކަމަށާއި، އޭގެ އިތުރުން ތިމާގެ އާއިލާއަށާއި، މުޅި މުޖުތަމަޢަށާއި، މުޅި އުންމަތަށްވެސް ސީދާ ނުވަތަ ނުސީދާ ގެއްލުން ލިބެމުންދާ ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރާމީހާއީ އޭނާގެ ހަށުގަޑަށް މަޑުމަޑުން އަނިޔާކުރަމުންގޮސް، އަމިއްލައަށް މަރުވެގަން މީހެކެވެ. އެއީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެކެވެ.
މިއަދުގެ ޚުޡުބާގައި ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ