ޗައިނާއާއި އާއި ރާއްޖެއާއި ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި

ޗައިނާއާއި އާއި ރާއްޖެއާއި ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި

Author
ހުސެއިން
10 ޖެނުއަރީ 2024 05:07
0

ރާއްޖެ އާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފިއެވެ.

މިއަދު ޗައިނާގެ ވެެރިރަށް ބެއިޖިންގގައި ބޭއްވި ރަސްމީ މަޝްވަރާތަކުގައި އެންމެ އިސްވެރިންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގ އާއި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެމެދުއެވެ.

މި މަޝްވަރާތަކުގައި ޗައިނާގެ ވަޒިރުންނާއި ރާއްޖޭގެ ވަޒީރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ވާހަކަތަކުގައި ރާއްޖޭގެ ވަފްދުގައި 7 ވަޒީރަކު ބައިވެރިވެވަޑައިގެންފައި ވެއެވެ.
ރައީސް މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި، ގިނަ ދާއިރާތަކާއި ގުޅުންހުރި 20 އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއި ކޮށްފައެވެ.

ރައީސް މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ދިމާކޮށް ޗައިނާގައި ވަނީ ރާއްޖޭގެ އިންވެސްޓްމަންޓުތަކަސް ޚާއްސަކޮށްގެން "އިންވެސްޓް މޯލްޑިވްސް ފޯރަމް" އެއްވެސް ބާއްވާފައެވެ.

ސަރުކާރުން ވިދާޅުވެފައިވަނީ މި ފޯރަމަކީ ވަރަށް ކާމިޔާބު ފޯރަމެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.