"ތެރި ބާތޯންމޭ އެސާ އުލްޖާ ޖިޔާ" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފި

"ތެރި ބާތޯންމޭ އެސާ އުލްޖާ ޖިޔާ" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
11 ޖެނުއަރީ 2024 12:35
0

މީގެ ކުރިންވެސް ދެފަރެއްގެ މަތިން އަޅުވަށް އިއުލާން ކުރި ޝާހިދު ކަޕޫރު އާއި ކްރިތީ ސެނޮންގެ ފިލްމް "ތެރި ބާތޯންމޭ އެސާ އުލްޖާ ޖިޔާ" އަޅުވަން އަނެއްކައިވެސް ތާރީހެއް އިއުލާން ކޮށްފިއެވެ.

ނަމެއް ނެތި ފިލްމް އޮންނަތާ މިހާރު އަހަރަކަށް ވުރެ ގިނަދުވަސް ވަނީ ވެފައިއެވެ. މިދިއަ އަހަރުގެ އޮކްޓޯބަރުގައި ވެސް ފިލްމް އެޅުވުމަށް ތާވަލުކުރިއެވެ. ނަމަވެސް ފިލްމް އެޅުވުން ފަސްކުރީއެވެ. މިހާރު މިވަނީ އަނެއްކައިވެސް ތާރީހެއް ލިބިފައިއެވެ. އެއީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގައި ފިލްމް އެޅުވުމަށް ތާވަލް ކޮށް މިވަނީ އިއުލާން ވެސް ކޯށްފައިއެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާފައިވާ މި ލޯބީގެ ފިލްމަކީ ވަރަށް ތަފާތު ލޯބީގެ ފިލްމްއެއް ކަމަށް އަންނަނީ ބުނަމުނެވެ. މިއާއި އެކުގައި ފިލްމް އަށް ކުރެވޭ އިންތިޒާރު ވަރަށް ބޮޑެވެ.

 

View this post on Instagram

 

A post shared by Shahid Kapoor (@shahidkapoor)

އަމިތު ޖޯޝީ އާއި އަރާދަނާ ސާހް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ދަރުމެންދުރާ އާއި އޭނަގެ ދަރިފުޅު ސަނީ ޑިއޯލްއާ ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާ ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.