ރަޖްނީކާންތުގެ "ލާލް ސަލާމް" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފި

ރަޖްނީކާންތުގެ "ލާލް ސަލާމް" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފި

އިންޑިއާގެ ސުޕަސްޓާ ރަޖްނީކާންތުގެ ކުރިއަށް އޮތް ފިލްމް އަންނަ މަހު ނުވައެއްގައި ޕްރިމިއާ ކުރަން ނިންމައިފި އެވެ.

މިއާއި އެކުގައި މި ފިލްމް ބޮލީވުޑްގެ ފިލްމް "ތެރި ބާތޯންމޭ އެސާ އުލްޖާ ޖިޔާ" އާއި މުޑި އަރާނެއެވެ. މި ފިލްމް އަކީ ލީޑުން ޝާހިދު ކަޕޫރު އާއި ކްރިތީ ސެނޮން ފެނިގެންދާ ލޯބީގެ ފިލްމްއެކެވެ.

ސްޕޯޓްސް އެކްޝަން ޑްރާމާ "ލާލް ސަލާމް" އަކީ މި އަހަރު ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރާ އެއް ފިލްމަށް ވާނެ އެވެ. މި ފިލްމުގެ ލީޑު ރޯލުތަކުން ފެންނާނީ ދެކުނު އިންޑިއާގެ ތަރިން ކަމަށްވާ ވިޝްނޫ ވިޝާލް އަދި ވިކްރާންތެވެ.

މިއީ ރަޖްނީކާންތުގެ ދަރިފުޅު އައިޝްވާރިޔާ ރަޖްނީކާންތު ޑައިރެކްޓުކުރާ ފިލްމެކެވެ. އައިޝްވާރިޔާ އަކީ މަޝްހޫރު އެކްޓަަރު ދަނޫޝް ގެ ކުރީގެ އަނބިމީހާއެވެ. މިއީ ވަރީގެ ކަންތަށް ގަނޑަށް ފަހު ފެނިގެންދާ އައިޝްވާރިޔާގެ ޑައިރެކްޓް ކުރި ފުރަތަމަ ފިލްމްއެވެ. އޭނާ ފިލްމެއް މި ޑައިރެކްޓުކުރަނީ ހަތް އަހަރު ފަހުންނެވެ.

ކުރިން ހިންދީ ފިލްމުތަކުގައި ވެސް މަސައްކަތްކުރި ނަމަވެސް ރަޖްނީކާންތު މި ފަހުން މުޅިން ވެސް ކުޅެނީ ތަމަޅަ ފިލްމުތަކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *