އެމްޕީއެލްގެ ޗެއާޕާސަނަކަށް ފުރަތަމަ ފަހަރަށް އަންހެން ކަނބަލެއް

އެމްޕީއެލްގެ ޗެއާޕާސަނަކަށް ފުރަތަމަ ފަހަރަށް އަންހެން ކަނބަލެއް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާޕާސަން ކަމަށް އާމިނަތު ހަމީދު އައްޔަން ކުރައްވައިފިއެވެ.

މިއީ އެމްޕީއެލްގެ ތާރީޚުގައި އެ ކުންފުނީގެ ޗައަރމަންކަމަށް އަންހެން ބޭފުޅަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ. އަދި އެމްޕީއެލްއަކީ "އޭ" ކެޓަގަރީގެ ކުންފުންޏަކަށް ވާއިރު މިއީ "އޭ" ކެޓަގަރީގެ ކުންފުންޏަކަށްވެސް އަންހެން ބޭފުޅަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރުވެސްމެއެވެ.

އާމިނާތު ހަމީދުވަނީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާތް ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް، އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންއިން ބެޗެލާ އޮފް އާޓްސް އިން އެކައުންޓިން އެންޑް ފައިނޭންސް ހާސިލު ކުރައްވާފައެވެ.

އަދި އޭނާވަނީ 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް ރީޖަނަލް އެއާޕޯޓްސްގެ އެސިސްޓެންޓް އަންޑަ ސެކްރެޓަރީ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރުގެ އިތުރުން ޑެޕިއުޓީ ޑިރެކްޓަރުކަން ކުރައްވާފައެވެ.

މީގެ އިތުރުން އޭނާވަނީ 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ތިލަފުށި ކޯޕަރޭޝަންގެ ބޯޑު މެމްބަރުކަން ވެސް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *