ރައީސްގެ ދެކަނބަލުން ފޫޖިއާންގެ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި

ރައީސްގެ ދެކަނބަލުން ފޫޖިއާންގެ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި

Author
ހުސެއިން
09 ޖެނުއަރީ 2024 01:14
0

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ފޫޖިއާންގެ ދާރުލްއާސާރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

މިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވަނީ ޗައިނާގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ބައެއް އާސާރީ ތަކެތި ބައްލަވާލައްވާފައެވެ. އަދި އެ ދާރުލްއާސާރުގެ މުހިންމުކަމާ ގުޅޭގޮތުން އެތަނުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މައުލޫމާތު ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.