"ދެވާރާ" ގެ ޓީޒާ އެއް

"ދެވާރާ" ގެ ޓީޒާ އެއް

Author
ފާތިމަތު ނާވީ
09 ޖެނުއަރީ 2024 08:20
0

ސައުތުގެ މަޝްހޫރު އެކްޓަރު އެންޓީއާރް ޖޫނިއާގެ "ދެވާރާ" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

މި ފިލްމް އަކީ ބަތަލާ ޖާންވީ ކަޕޫރު ކެރިއަރުގެ ފުރަތަމަ ތަމަޅަ ފިލްމުއެވެ. އަދި މިދެތަރިން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރުވެސް މެއެވެ. މި ފިލްމް އަކީ ދެބަޔަކަށް ބަހައިލައިގެން ގެނެސްދޭ ފިލްމްއެކެވެ.

"ޕޭން-އިންޑިއާ" ފިލްމެއްގެ ގޮތުގައި ހަދާ "ދެވާރާ" އަކީ ކޮރަޓަލާ ސިވާ ޑައިރެކްޓްކުރާ އެކްޝަން ޑްރާމާއެކެވެ. މި ފިލްމްގެ ދެން އެންމެ މުހިންމު ރޯލަކުން ފެނިގެންދާނީ ސައިފް އަލީ ހާންއެވެ. ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ސައިފް ކުޅެނީ ވިލަންއެއްގެ ރޯލެވެ. އަދި އޭނަގެ ކެރެކްޓާގެ ނަމަކީ ބައިރާ އެވެ.

މި ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނީ ޕްރަކާޝް ރާޖް، ޖިޝޫ ސެންގުޕްތާ، ސްރީކާންތު، ޓޮމް ޗަކޯ، ނަރީން އަދި މުރާލީ ޝަރްމާއެވެ. އިންޑިއާގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ހުރިހާ ބަހަކުން ގެނެސްދޭން ނިންމާފައިވާ މި ފިލްމު ލިޔެ، ޑައިރެކްޓްކުރީ ކޮރަޓާލާ ސިވާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.