އަންނަ މަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ ފިލްމު "ފައިޓާ" ގެ އިތުރު ލަވައެއް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
މި ފަހަރު ގެެނެސްދީފައިވަނީ އަވަސް މިއުޒިކެއްގެ ވަރަށް ފޯރިގަދަ ލަވައެކެވެ. މި ލަވައިން ފެނިގެންދަނީ ފިލްމްގެ ލީޑުން ފެނިގެންދާ ތަރިންނެވެ. ދީޕިކާ އާއި ރިތިކް ގެ އިތުރުން އަނިލް ކަޕޫރު ލީޑުން ފެނިގެންދާ މި ފިލްމް އަކީ މިމަހުގެ 25 ގައި ރިލީޒް ކުރުމަށް އަމާޒުހިފައިފައިވާ ފިލްމްއެކެވެ.
"ހީރް އާސްމާނީ" ގެ ނަން ދީފައިވާ މި ލަވަ އަކީ ވިޝާލް އާއި ޝޭކަރް ކޮމްޕޯސް ކޮށްފައިވާ ލަވައެކެވެ. މި ލަވަ ކިޔައފައިވަނީ ވިޝާލް އާއި ޝޭކަރުގެ އިތުރުން ބީ ޕްރާކް އާއި ޝިލްޕާ ރާއޯއެވެ.
"ފައިޓާ" އަކީ ބޮލީވުޑްގެ ފުރަތަމަ އޭރިއަލް އެކްޝަން ތުރިލާ އެވެ. މި ފިލްމްގެ ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާގެ ވައިގެ އަސްކަރީ އޮފިސަރުންގެ ގައުމީ ހިދުމަތަށެވެ. އެހެންވެ ފައިޓަރޖެޓްގެ ވަރަށް ގިނަ ހާދިސާތަކެއް މިފިލްމުން ފެނިގެންދާނެއެވެ.
މި އަހަރު ގެނެސްދިން ޝާހްރުކް ޚާންގެ ކާމިޔާބު ފިލްމް "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ގެނެސްދޭ "ފައިޓާ" އަކީ އިންޑިއާގެ ވައިގެ އަސްކަރިއްޔާ އަށް ޓްރިބިއުޓެއްގެ ގޮތުގައި ގެނެސްދޭ އެއްޗެކެވެ.
ކޮމެންޓު ފޮނުވާ