2018 ވަނަ އަހަރު ގެނެސިން ފިލްމް "ރެއިޑް" ގެ ދެވަނަ ބައިގެ ބަތަލާ ގެ ރޯލަށް ވާނީ ކަޕޫރް ސޮއިކޮށްފި އެވެ.
ރާޖްކުމާރު ގުޕްތާ ޑައިރެކްޓްކުރާ މި ފިލްމު ވާނީ އަޖޭއާ އެކީ ވާނީ ކުޅޭ ފުރަތަމަ ފިލްމަށެވެ. މިހާރު ޝޫޓިން ކުރިއަށްދާ މި ފިލްމް އަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ 15 އަށް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ ފިލްމްއެކެވެ.
ޓީ ސީރީޒުން ޕްރޮޑިއުސްކުރާ މި ފިލްމު ގެ ވެސް ޑައިރެކްޓަރަކީ 2018 ގެ "ރެއިޑް" ޑައިރެކްޓްކުރި ރާޖްކުމާރު ގުޕްތާ އެވެ. "ރެއިޑް 2″ އަކީ 2018 ގައި ރިލީޒްކުރި އަޖޭގެ "ރެއިޑް" ގެ ދެވަނަ ބައެވެ. އެ ފިލްމުގައި އޭނަގެ އަންހެނުންގެ ރޯލު ކުޅުނީ އިލިއާނާ ޑި ކްރޫޒެވެ.
އިންކަމް ޓެކްސް އޮފިސަރެއްގެ ރޯލް އަޖޭ ކުޅުނު "ރެއިޑް" އަކީ އާމްދަނީގެ ޓެކްސް އަށް މަކަރުހަދާ މީހުންތަކެއް އަތުލައިގަތުމަށް 1980 ގެ ތެރޭގައި އިންޑިއާގައި ކުރިއަށް ގެންދިޔަ ވަރުގަދަ ރެއިޑަކަށް ބިނާކޮށް ހެދި ފިލްމެކެވެ.
އުމުރުން މިހާރު 35 އަހަރުގެ ވާނީ ބޮލީވުޑަށް ނެރުނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 2013 ގެ "ޝުދު ދޭސީ ރޮމޭންސް" އިންނެވެ. އޭގެ ފަހުން ވާނީ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބޭފިކްރޭ"، "ބެލް ބޮޓަމް"، "ވޯ" އަދި "ޗަންދީގަޅް ކަރޭ އާޝިގީ" ހިމެނެ އެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ "ރެއިޑް 2″ އަށް ވާނީ ސޮއިކުރި އިރު، އޭނަ އަންނަނީ ވައިއާރްއެފުން ހަދަމުން އަންނަ ސީރީޒް "މަންޑާލާ މާޑާސް" ގެ މަސައްކަތް ވެސް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ