ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫގެ އުފަން ދުވަސް ރާއްޖޭގައި ފާހަގަ ކޮށްފިއެވެ. މިދިއަ ހަފްތާގައި ބިޕާޝާ ރާއްޖެ އައިސްފައި ވަނީ ފިރިމީހާ ކަރަން ގްރޯވާ އަދި ދަރިފުޅު ދޭވީ އާއި އެކުގައިއެވެ.
ބިޕާޝާ މިފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ސަން ޝީޔާމް އިރު ވެލި ރިސޯޓް ގައިއެވެ. އޭނާގެ އުފަންދުވަހުގެ ބައެއް ފޮޓޯ ތަށް ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކޮށްފައިއެވެ. މި މަހުގެ 7 ވަނަ ދުވަހުގައި އުފަންދުވަސް ފާހަގަ ކުރާ ބަތަލާ އަށް މިއަހަރު ވީ 45 އަހަރެވެ.
ބޮލީވުޑްއިން އެންމެ ގިނައިން ރާއްޖެއަށް އަންނަ އެއް ތަރިއަކަށް ބިޕާޝާ ވާނެއެވެ. އެމީހުންގެ ދަރިފުޅުގެ އުފަންދުވަސް ވެސް ފާހަގަ ކުރީ ރާއްޖޭގައިއެވެ. ބިޕާޝާ ރާއްޖެއަށް މިފަހަރު އައުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައިއެވެ.
Youth Minister, @AswardWaheed welcomed popular Actors Bipasha Basu and husband Karan Singh today .This is the 12th time Bipasha has visited Maldives and we hope that she keeps visiting us more. pic.twitter.com/72QYs4SfcC
— Ministry of Youth Empowerment, Information and Art (@MoYEIAmv) January 4, 2024
އެގޮތުން ބިޕާޝާ އާއި ކަރަން ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) އާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ. މީ އެމީހުން ރާއްޖެއަށް ޒިޔާރަތް ކުރި 12 ވަނަ ފަހަރެވެ.
ކައިވެނި ކުރި ފަހުން ބޮލީވުޑުން ގެއްލިފައިވާ ބިޕާޝާ، ކަރަންއާ ކައިވެނިކުރީ 2016 ގަ އެވެ. ކަރަން އަކީ ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، ބޮލީވުޑަށް ނުކުތް އެކްޓަރެކެވެ.
ކޮމެންޓު ފޮނުވާ