2018 ވަނަ އަހަރު ގެނެސިން ފިލްމް "ރެއިޑް" ގެ ދެވަނަ ބައިގެ ފުރަތަމަ ޕޯސްޓަރު ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
ޓީ ސީރީޒުން ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ ޑިސެމްބަރު 15 އަށެވެ. "ރެއިޑް 2″ ގެ ވެސް ޑައިރެކްޓަރަކީ 2018 ގެ "ރެއިޑް" ޑައިރެކްޓްކުރި ރާޖްކުމާރު ގުޕްތާ އެވެ.
އިންކަމް ޓެކްސް އޮފިސަރެއްގެ ރޯލް އަޖޭ ކުޅުނު "ރެއިޑް" އަކީ އާމްދަނީގެ ޓެކްސް އަށް މަކަރުހަދާ މީހުންތަކެއް އަތުލައިގަތުމަށް 1980 ގެ ތެރޭގައި އިންޑިއާގައި ކުރިއަށް ގެންދިޔަ ވަރުގަދަ ރެއިޑަކަށް ބިނާކޮށް ހެދި ފިލްމެކެވެ.
"ރެއިޑް" ގައި އަޖޭ ކުޅެފައި ވަނީ ޓެކްސް އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރު އަމޭ ޕަޓްނައިކްގެ ރޯލެވެ. ދެވަނަ ބައިގައި ވެސް އޭނަ އެ ރޯލުން ފެނިގެންދާ އިރު، ފިލްމުގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. ފުރަތަމަ ބައިގައި އަޖޭގެ އަންހެނުންގެ ރޯލު އިލިއަނާ ޑި ކްރޫޒް ކުޅެފައިވާ އިރު، އޭގެ މުހިއްމު ރޯލެއް ސޯރަބް ޝުކްލާ ވެސް ކުޅުނެވެ.
"ރެއިޑް" އަކީ 2018 ގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމެވެ. އަޖޭއާ އެކު ފިލްމުގެ ބަތަލާގެ ރޯލް ކުޅުނީ އިލިއާނާ ޑި ކްރޫޒެވެ. ޖުމްލަ 45 ކްރޯޑް ރުޕީސް (6 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ރެއިޑް" އަކީ ބޮކްސް އޮފީހުގައި 142.81 ކްރޯޑް ރުޕީސް (19 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.