އިމްރާން ބުނަނީ ޓީޝާޓް ލާން ހަނދާން ނުވި ކަމަށް

އިމްރާން ބުނަނީ ޓީޝާޓް ލާން ހަނދާން ނުވި ކަމަށް

Author
ފާތިމަތު ނާވީ
08 ޖެނުއަރީ 2024 08:01
0

ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ އެކްޓަރު އިމްރާން ހާޝީމީ ހުސްގަޔާ ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައިފިއެވެ. އޭނާގެ ކަސްރަތީ ހަށިގަނޑު ފެނިގެންދާ މި ފޮޓޯތަށް ދޫކޮށްލަމުން ބުނެފައިވަނީ ޓިޝާޓް ލާން ހަދާން ނެތުނީ ކަމަށެވެ.

ގިނަ ބަޔަކު އަންނަނީ މި ފޮޓޯތަށް ޝެއާ ކުރަމުންނެވެ. މި ފޮޓޯތަކުން އޭނާގެ ކަސްތަރީ ހަށިގަނޑުން އަންގައިދެނީ ހަށިގަނޑަށްދޭ ސަމާލުކަމެވެ. 44 އަހަރުގެ އެކްޓަރުގެ މި ޕޯސްޓުން އޭނާ ކަސްރަތަށް ދޭ ސަމާލުކަންވެސް އެނގިގެންދެއެވެ.

 

View this post on Instagram

 

A post shared by Emraan Hashmi (@therealemraan)

އިމްރާން ބޮލީވުޑް އަށް ތައާރަފްވީ 2005 ވަނަ އަހަރުގެ ފިލްމް "މާޑާ"އިންނެވެ. އޭނާ އެންމެ ފަހުން ފެނިގެންދިއައީ މިދިއަ އަހަރުގެ ކާމިޔާބު ފިލްމް "ޓައިގާ 3″ އިންނެވެ. ސަލްމާން ހާން އާއި ކެޓްރީނާ ކައިފް ލީޑުން ފެނިގެންދިއަ މި ފިލްމް ގައި އޭނާ ކުޅުނީ ވިލަންގެ ރޯލެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.