އުރްވާ އަށް ލިބުނީ އަންހެން ކުއްޖެއް

އުރްވާ އަށް ލިބުނީ އަންހެން ކުއްޖެއް

Author
ފާތިމަތު ނާވީ
07 ޖެނުއަރީ 2024 09:59
0

ޕާކިސްތާން ގެ މަޝްހޫރު ދެތަރިން ކަމުގައިވާ އުރްވާ ހޮސެން އާއި ފަރްހާން ސައީދު އަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.

އެދެމަފިރިންނަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. އެކުއްޖާގެ ނަމަކީ އާރާއެވެ. ދަރިފުޅު ލިބުނުކަން އިއުލާން ކޮށް އޭނާ ވަނި ސޯޝަލް މީޑިއާއަށް ޕޯސްޓެއް ދޫކޮށްލައިފައިއެވެ.

އޭނާ ވިހޭ ސީދާ ދުވަހެއް ނޭގެއެވެ. އެހެން ނަމަވެސް އޭނާ ވިހައިފައިވަނީ އެމެރިކާގެ ޓެކްސަސް ގެ ހޮސްޕިޓަލެއްގައިއެވެ. މީ ކާމިޔާބު ދެތަރިންގެ ގެ ވެސް އަލަތު ދަރިފުޅެވެ.

 

View this post on Instagram

 

A post shared by URWA TUL WUSQUA HOCANE (@urwatistic)

32 އަހަރުގެ އުރްވާ އަކީ ޕާކިސްތާންގެ މަޝްހޫރު ބަތަލާ އެކެވެ. އޭނާ ވަނީ ކާމިޔާބު އެތަށް ޑްރާމާ ތަކެއް ކުޅެ ބެލުންތެރިންގެ ލޯބި ހޯދައިފައިއެވެ. އޭނާގެ ކާމިޔާބު ޑްރާމާ ތަކުގެ ތެރޭގައި "އުދާރީ" "ބަދްޒާދް" "އަމާނަތު" ފާހަގަ ކޮށްލެވެއެވެ. އޭނާ ވަނީ ބައެއް ފިލްމް ތކުން ވެސް ފެނިގެން ގޮސްފައިއެވެ.

އަނެއްކޮޅުން ފަރްހާން އަކީ ވެސް ކާމިޔާބު ޑްރާމާ ތަކެއް ކުލެފައިވާ މަޝްހޫރު އެކްޓަރެކެވެ. "ސުނޯ ޗަންދަން" އާއި "މެރޭ ހަމްސަފަރް" "ބާދްޝާހް ބޭގަމް" ފަދަ ޑްރާމާތަށް ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.