މީގެ ފަސް އަހަރު ކުރިން ރިލީޒްކުރި އަޖޭ ދޭވްގަންގެ ކާމިޔާބު ފިލްމު "ރެއިޑް" ގެ ދެވަނަ ބައި މި އަހަރުގެ ނޮވެމްބަރު މަހުގައި ގެނެސްދިނުމަށް ނިންމައި އެކަން އިއުލާން ކޮށްފިއެވެ.
ސޯޝަލް މީޑިއާއަށް ދޫކޮށްލި ފިލްމްގެ ފުރަތަމަ ޕޯސްޓަރާއި އެކުގައި ފިލްމް ރިލީޒް ކުރާ ދުވަސް ވެސް ވަނީ އިއުލާން ކޮށްފައިއެވެ. ފިލްމްގެ ފުރަތަމަ ޕޯސްތަރުންވެސް ފިލްމް ވަރުގަދަ ވާނެކަން ހާމަވެއެވެ.
އިންކަމް ޓެކްސް އޮފިސަރެއްގެ ރޯލް އަޖޭ ކުޅުނު "ރެއިޑް" އަކީ އާމްދަނީގެ ޓެކްސް އަށް މަކަރުހަދާ މީހުންތަކެއް އަތުލައިގަތުމަށް 1980 ގެ ތެރޭގައި އިންޑިއާގައި ކުރިއަށް ގެންދިޔަ ވަރުގަދަ ރެއިޑަކަށް ބިނާކޮށް ހެދި ފިލްމެކެވެ.
"ރެއިޑް" އަކީ 2018 ގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމެވެ. އަޖޭއާ އެކު ފިލްމުގެ ބަތަލާގެ ރޯލް ކުޅުނީ އިލިއާނާ ޑި ކްރޫޒެވެ. ޖުމްލަ 45 ކްރޯޑް ރުޕީސް (6 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ރެއިޑް" އަކީ ބޮކްސް އޮފީހުގައި 142.81 ކްރޯޑް ރުޕީސް (19 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
ކޮމެންޓު ފޮނުވާ