ޝިކަރް ޕަހަރިޔާ އާއި އޭނާ އަކީ ދެލޯބިވެރިން ނޫން ކަމަށާއި ޝިކަރް އަކީ ގާތް ރަހުމަތް ތެރިއެއް ކަމަށް ބަތަލާ ޖާންވީ ކަޕޫރު ބުނެފިއެވެ.
އެމީހުން އެކުގައި އިވެންޓު ތަކުން އަދި އަޅުކަން ކުރާ ތަންތަނުން ވެސް މި ފާއިތުވި ދުވަސްތަކުގެ ތެރޭގައި ވަރަށް ގިނައިން ވަނީ ފެނިގެން ގޮސްފައިއެވެ. އަދި އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަތަށް ދެކެވޭތާ މިހާރު ދުވަސްތަކެއް ވެސް ވެއްޖެއެވެ.
ނަމަވެސް އެކަމަށް ރައްދުދީ ވާހަކަ ދައްކަމުން ޖާންވީ ބުނީ ޝިކަރް އަކީ ލޯބިވެރިއެއް ނޫން ކަމަށެވެ. އަދި އެދެމީހުން ނަކީ ވަރަށް ގާތް ދެ ރަހުމަތެރިން ކަމަށް ވެސް ބުނެފައިއެވެ.
ޝިކަރް އަކީ ޕޯލޯ ޕްލެޔާއެކެވެ. އޭނާ އިންޓަނޭޝަނަލް މުބާރާތްތަކުގައި ގައުމު ގެ ފަރާތުން ވާދަ ކުރެއެވެ. އެއްވެސް ވަރަކަށް ފިލްމީ ދާއިރާއާއި ގުޅުމެއް ނެއް ޝިކަރް އާއި ޖާންވީ އަކީ އަކީ ކުރިންސުރެވެސް ދަންނަ ދެމީހުންނެވެ.
ޖާންވީ އެވާހަތަށް ދެއްކި އިރުގައި މީގެ ކުރިން ބުނެފައިވަނީ އޭނާ އެކްޓަރަކާއި ލޯބީގެ ގޮތުން ގުޅެން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާގެ ހަޔާތުގައި ލޯބިވެރިއެއް ނެއް ކަމަށްވެސް މީގެ ކުރިން ވަނީ ބުނެފައިއެވެ.
ކޮމެންޓު ފޮނުވާ