މި މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފުރަތަމަ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މިއީ ރޯހިތުގެ ކޮޕް ޔުނިވާސް އަށް އިތުރުވާ ބޮޅެކެވެ. ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާތު މަލްއުތުރާ ފުލުހެއްގެ ރޯލު ކުޅެފައިވާ މި ވެބް ސީރީޒް ގެ މުހިންމު ރޯލުތަކުން ޝިލްޕާ ޝެޓީ، ވިވެކް އޮބެރޯއީ އީޝާ ތަވްލާރް، ނިތިން ދީރް، ޝްވޭތާ ތިވާރީ، ޝަރަދު ކެލްކަރް، މުކޭޝް ރިޝީ އަދި ކަރަންވީރް މަލްއުތުރާ ވެސް ފެނިގެންދާނެއެވެ.
7 އެޕިސޯޑްގެ މި ސީރީޒް އަކީ ރޯހިތު ޝެޓީގެ "ކޮޕް ޔުނިވާސް"ގެ ފުރަތަމަ ވެބް ސީރީޒްއެވެ. މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ފެށި މި ސީރީޒްއަކީ ގިނަ އަދަދެއްގެ ތަރިންނާއި އެކުގައި ރޯހިތު ގެނެސް ދޭ އެއްޗެކެވެ. މި ބެސް ސީރީޒް އަކީ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ އާއި ޒުވާން އެކްޓަރު ސިދާތް މަލޯތްރާ އޯޓީޓީ ޕްލެޓްފޯމް އަށް ތައާރަފްވާ އެއްޗެކެވެ. އަދި އެދެމީހުންގެ ވެސް އަލަތު ވެބް ސީރީޒްއެވެ.
ކޮމެންޓު ފޮނުވާ