ޑިމޮކްރެޓްސްގެ ހިންނަވަރު ދާއިރާގެ ރައީސް ޕީއެންސީއަށް ސޮއި ކޮށްފި

ޑިމޮކްރެޓްސްގެ ހިންނަވަރު ދާއިރާގެ ރައީސް ޕީއެންސީއަށް ސޮއި ކޮށްފި

Author
ހުސެއިން
06 ޖެނުއަރީ 2024 10:59
0

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދާފައިވާ ޑިމޮކްރެޓްސް ޕާޓީގެ ހިންނަވަރު ދާއިރާގެ ރައީސް އަހުމަދު އައިހަމް ޕީއެންސީއަށް ސޮއި ކޮށްފިއެވެ.

އައިހަމް ޕީއެންސީއަށް ސޮއި ކޮށްފައިވަ ޕީއެންސީއަށް ސޮއި ކޮށްފައިވަނީ، މާލޭ ސިޓީގެ މޭޔަރ ބައި އިލެކްޝަންގައި ޕިއެންސީގެ ޓިކެޓްގައި ވާދަކުރާ އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައެވެ.

ދެ ކައުންސިލަރުންވެސް ޕީއެންސީއަށް ސޮއި ކުރެއްވުމަށްފަހު ފޯމު ހަވާލުކުރެއްވީ ރައީސް މުއިއްޒުއާއެވެ.

ރޭގެ ޖަލްސާގައިވެސް ޕީއެންސީއަށްވަނީ ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސްގެ ހިންނަވަރު ދާއިރާގެ ރައީސްވެސް ހިމެނެއެވެ.

ރޭގެ ޖަލްސާގައި، ޕީއެންސީގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާވަނީ އޭނާގެ މެނިފެސްޓޯ އިއުލާން ކުރައްވާފައެވެ. މެނިފެސްޓޯގައި އާޒިމާވަނީ މޭޔަރުކަމަށް އިންތިޚާބު ވެއްޖެނަމަ މާލޭގެ މުނިސިޕަލް ޚިދުމަތްތައް ތަރައްގީ ކުރުމަށް ގިނަ ޕްލޭންތަކެއް އާންމު ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.