ރަވީނާ ގެ "ކަރްމާ ކޯލިން" މިމަހު 26 ގައި

ރަވީނާ ގެ "ކަރްމާ ކޯލިން" މިމަހު 26 ގައި

Author
ފާތިމަތު ނާވީ
08 ޖެނުއަރީ 2024 11:30
0

ބޮލީވުޑްގެ ބަތަލާ ރަވީނާ ޓަންޑަންގެ އާ ސީރީޒް "ކަރްމާ ކޯލިން" އަންނަ މަހުގެ 26 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމައި އެކަން އިއުލާން ކޮށްފިއެވެ.

އެކަން އިއުލާން ކޮށް ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓަރު ތަކެއް ހިއްސާ ކޮށްފައިއެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމައިފައިވާ މި ވެބްސީރީޒް އަކީ އޭބީސީ ނެޓްވޯކުން ގެނެސްދިން އެމެރިކާގެ މަގުބޫލު ސީރީޒް "ރިވެންޖް" އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ.

 

View this post on Instagram

 

A post shared by Disney+ Hotstar (@disneyplushotstar)

 

51 އަހަރުގެ ބަތަލާ އައު ސީރީޒް އަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވަމުން އަންނަ އިރު، އޭނަ ކުރިން ވެސް ވެބް ސީރީޒެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ 2021 ގައި ނެޓްފްލިކްސް އިން ގެނެސްދިން ކްރައިމް ތުރިލާ "އަރަނިއަކް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.